swimmers
ފަތަން ދަސްކޮށްދިނުމުގެ މަސައްކަތުގައި ޙަރަކާތްތެރިވާ އިންސްޓްރަކްޓަރުން ތަމްރީނުކުރުމުގެ ކޯހެއް މާލޭގައި ހިންގަން ވަނީ ހަމަޖެހިފައެވެ.
މިއެސޯސިއޭޝަނުން އިންތިޒާމުކޮށްގެން ބާއްވާ މިކޯސް އޮންނާނީ 2019 ފެބުރުއަރީ 2 ވަނަ ދުވަހުން ފެބުރުއަރީ 28 ވަނަދުވަހުގެ ނިޔަލަށެވެ. ކޯހުގައި ކިޔަވައިދިނުމުގެ ވަގުތުތައް ހަމަޖައްސާނީ ކޯހުގެ ބައިވެރިންނާ ވާހަކަދެއްކުމަށްފަހުގައެވެ.
ކޯހުގައި ބައިވެރިވާ މީހުންގެ އަންނަނިވި ޝަރުޠުތައް ހަމަވާން ވާނެއެވެ.
- ދިވެހިރައްޔިތަކަށްވުން.
- ޝަރުޢީ ބަންދެއްގައި ހުރިމީހަކު ކަމުގައި ނުވުން.
- ފަތަންދަސްކޮށްދިނުމުގެ މަސައްކަތްކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކަށްވުން.
- މީހެއްގެ އެހީއަކާނުލައި ހުއްޓިނެތި 400 މީޓަރަށް ފަތަންއެނގޭ މީހަކަށްވުން.
- ޢުމުރުން 18 އަހަރާ 45 އަހަރާދެމެދުގެ މީހަކަށްވުން.
- ދިވެހިބަހުން އަދި އިނގިރޭސިބަހުން ލިޔަންކިޔަން އެނގުން.
މިކޯސް ފުރިހަމަކުރުމަށްފަހު ސެޓްފިކެޓް ދެވޭނީ މިއެސޯސިއޭޝަނުން ކަނޑައަޅާ މުއްދަތެއްގެ ތެރޭގައި ކޯހުގެ ޢަމަލީބައި ފުރިހަމަކޮށް، ހާޒިރީން %95 އަށްވުރެ މަތިން ހޯދައި، ތިއަރީ ޓެސްޓާއި ޕްރެކްޓިކަލް ޓެސްޓްތަކުން %75 އަށްވުރެ މަތިން މާކްސް ހޯދާ މީހުންނަށެވެ.
ވީމާ މިކޯހުގައި ބައިވާން އެދޭ މިކަމަށް ޝައުޤުވެރިވާ މީހުން ކޯހުގައި ބައިވެރިވުމުގެ އޮންލައިން ފޯމުފުރިހަމަކޮށް 2019 ޖެނުއަރީ 30 ވަނަދުވަހު 14:00 ގެކުރިން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ރަސްމީ ބަންދުނޫން ދުވަސްދުވަހު ހެނދުނު 08:00 ން މެންދުރު 14:00 ށް 3323429 އަށް ގުޅުއްވުން އެދެމެވެ.
our sponsors and partners