ސްވިމިންގ އެސޯސިއޭޝަނުން އައްޑޫ ސިޓީގައި ހިންގާ ޕްރޮގްރާމްތަކަށް ކޯޗުން ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 7 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން މިކަމަށްއެދި މިއެސޯސިއޭޝަނަށް އީމެއިލް މެދުވެރިކޮށް، ހުށަހެޅުއްވުން އެދެމެވެ. އީމެއިލް ކުރައްވާނީ info@swimming.org.mv އަށެވެ.
- މަޤާމް: ސްވިމިންގ ކޯޗު – ވަގުތީ، ޕާރޓްޓައިމް
- މުސާރަ: ނަގާ ކޮންމެ ސެޝަނަކަށް މީލާދީ މަހަކު 4000.00 (ހަތަރުހާސް ރުފިޔާ)
- މަސައްކަތްކުރަންޖެހޭތަން: އައްޑޫ ސިޓީ، ހިތަދޫ
- ކޮންޓްރެކްޓްގެ މުއްދަތު: މީލާދީ 6 މަސްދުވަސް
- މަސައްކަތްކުރަންޖެހޭ ވަގުތު: ހަފްތާއަކު 6 ދުވަސް ދުވާލަކު މަދުވެގެން 2 ގަޑިއިރު
ފެންވަރު ނުވަތަ ޝަރުތު:
- ފެތުމުގެ ކޯޗިންގ ކޯހެއް ނުވަތަ ކްލިނިކެއް ފުރިހަމަ ކޮށްފައިވުން.
- އިނގިރޭސިބަހުން ލިޔަންކިޔަން އެނގުމާއި އަދި ވާހަކަ ދައްކަން އެގުން.
- އަމިއްލައަށް ޝެޑިއުލް ހަދައިގެން ޓްރެއިނިންގ ސެޝަންތައް ގެންދަން އެނގުން.
- ސްވިމިންގ ކޯޗިންގ ދާއިރާގައި ޙަރަކާތްތެރިވުމުގެ ޝައުޤުވެރިކަން ހުރުން.
- އެސޯސިއޭޝަނުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވެ އެހެންމީހުންނާއެކު ގުޅިގެން މަސައްކަތްކުރެވޭނެ މީހަކަށްވުން.
- ވަގުތަށް ހުރުމަތްތެރިކޮށް ހިތާ މީހަކު ކަމުގައިވުން.
- ފީނާގެ ޤަވައިދުތައް ފެތުންތެރިންނަށް އުގަންނައި ދިނުމުގެ ޤާބިލިއްޔަތުކަން ހުރުން.
ކުރަންޖެހޭ މަސައްކަތް:
- އައްޑޫ ސިޓީ ޖޫނިއަރ ސްވިމިންގ ސްކޮޑްގެ ފަރިތަކުރުންތައް ކުރިއަށް ގެންދިޔުން.
- ކުދިންނަށް ފެތުމުގެ 4 ސްޓްރޯކަށް ޓްރެއިންކޮށް އެކުދިންނަށް ފެތުމުގެ ކެރިއަރގެ ރަނގަޅު ބިންގަލެއް ގާއިމްކޮށްދިނުން.
- އެސޯސިއޭޝަނުން އަންގާގޮތެއްގެމަތިން ފަރިތަކުރުންތައް ކުރިއަށްގެންދިޔުން.
ހުށަހަޅުއްވަންޖެހޭ ތަކެތި:
- ތަޢުލީމީ ފެންވަރު އަންގައިދޭ ލިޔެކިޔުންތަކުގެ ސްކޭން ކޮޕީ
- އައިޑެންޓިޓީކާޑުގެ ސްކޭން ކޮޕީ
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
ނޯޓް: ޕްރޮފޯރމަންސްއަށްބަލައި، އެގްރިމެންޓް އާކުރުމުގެ ފުރުސަތު ދެވޭނެއެވެ.
our sponsors and partners