ޤައުމީ އެސިސްޓަންޓް ކޯޗްގެ ގޮތުގައި މަސައްކަތްކުރާނެ ކޯޗެއް ބޭނުންވެއެވެ. ވީމާ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 21 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިކަމަށްއެދި މިއެސޯސިއޭޝަނަށް ސިޓީ ހުށަހެޅުއްވުން އެދެމެވެ.
ޤައުމީ އެސިސްޓެންޓް ކޯޗް
- ބޭނުންވާ ޢަދަދު: 1
- ފެންވަރު ނުވަތަ ޝަރުޠު:
- ■3 މަސްދުވަހަށްވުރެ ކުރުނޫން މުއްދަތެއްގެ ފެތުމުގެ ކޯޗިންގ ކޯހެއް ނުވަތަ ޕްރޮގްރާމެއް ރާއްޖެއިން ބޭރުން ފުރިހަމަކޮށްފައިވުން. ނުވަތަ ބައިނަލްއަޤުވާމީ ކޯޗިންގ އެސޯސިއޭޝަނަކުން ލެވެލް 2 ގެ ސެޓްފިކެޓް ޙާޞިލްކޮށްފައިވުން.
- ■ ނެޝަނަލް ސްވިމިންގ ކޯޗިންގ ލެވެލް 1 ފުރިހަމަކޮށްފައިވުން. ނުވަތަ ފީނާ އެޑްވާންސް ކޯޗިންގ ކްލިނިކް ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވުން.
- ■ އިނގިރޭސިބަހުން އަދި ދިވެހިބަހުން ފަސޭހަކަމާއެކު ލިޔެކިޔައި މުޢާމަލާތު ކުރުން.
- ■ ޢުމުރުން 18 އަހަރު ފުރިހަމަ ވެފައިވުން.
- ■ ފާއިތުވި 5 އަހަރު ވާދަވެރި ފެތުންތެރިން ތަމްރީނު ކުރުމުގައި ޙަރަކާތްތެރިވެފައިވުން.
- ■ ޤައުމީ އެސިސްޓެންޓް ކޯޗުގެ ވަޒީފާގެ މުއްދަތުގައި އެއްވެސް އެހެން ކުލަބެއްގައި ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާނެ މީހަކަށް ނުވުން.
- ■ ޤައުމީ ހެޑްކޯޗުގެ ލަފައާއި މަޝްވަރާގެމަތިން ނެޝަނަލް ސީނިއަރ އަދި ޖޫނިއަރ ސްކޮޑުގެ ފަރިތަކުރުންތައް ކުރިއަށް ގެންދެވޭނެ މީހަކަށްވުން.
- ■ ހަފްތާގެ 6 ދުވަހު، ކޮންމެ ރެއަކާއިދުވާލު 2 ސެޝަނަށް ފަރިތަކުރުންތައް ރާވައިގެން ކުރިޔަށްގެންދެވޭނެ މީހަކު ކަމުގައިވުން.
- ■ އެސޯސިއޭޝަނުން އެދިއްޖެ ޙާލަތެއްގައި ރާއްޖެއިން ބޭރުގައި ބާއްވާ މުބާރާތްތަކަށް ފެތުންތެރިން ތަމްރީނުކޮށް އެފަދަ މުބާރާތްތަކަށް ފެތުންތެރިން ގޮވައިގެން ދެވޭ ފެންވަރުގެ މީހަކަށްވުން.
- މުސާރައާއި އުޖޫރަ: 7000.00 އާއި 10000.00 އާއި ދެމެދު (މުސާރައިގެ މިންވަރު ކަނޑައަޅާނީ މިދާއިރާއިން ލިބިފައިވާ ތަމްރީނާއި ތަޢުލީމީ ފެންވަރާއި ކޯޗުންގެ މަސައްކަތުގެ ތަޖުރިބާ އާއި ހުށަހަޅާ ޕްލޭނަށް ބަލާފައެވެ.)
- މަސައްކަތްކުރަންޖެހޭ ވަގުތު: ހަފްތާގެ 6 ދުވަހު، ހެނދުނާއި ހަވީރު ނުވަތަ ހެނދުނާއި ރޭގަނޑު (ޖުމުލަ: 6 އާއި 8 ގަޑިއިރާއި ދެމެދު)
- ވަޒީފާއަށް އެދި ހުށަހަޅަން ޖެހޭ ލިޔެކިޔުންތައް: ވަޒީފާއަށް އެދޭ ސިޓީ، އައިޑީ ކާޑު ކޮޕީ، ވަނަވަރު އަދި ސީވީ، ތަޢުލީމީ ފާސް އަދި މިދާއިރާއިން ހޯދާފައިވާ ތަމްރީނު އެނގޭނެ ލިޔެކިޔުން.
- ސުންގަނޑި: 21 ފެބްރުއަރީ 2019 ވާ ބުރާސްފަތި ދުވަހުގެ 13:00
our sponsors and partners