ސޯޅަ ވަނަ ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަޝިޕްއަށް ކިޑްސް ކެޓަގަރީ އިތުރުކުރުން

މިއެސޯސިއޭޝަނުން އިންތިޒާމުކޮށްގެން 30 ޖުލައި 2019 އިން 3 އޮގަސްޓް 2019 އަށް ބޭއްވުމަށް ހަމަޖެހިފައިވާ 16 ވަނަ ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަންޝިޕް މުބާރާތުގައި މިހާރު އޮތް ކެޓަގަރީތަކުގެ އިތުރުން ކިޑްސް ކެޓަގަރީ އިތުރުކޮށް އެކެޓަގަރީގެ އިވެންޓްތައް ވާދަވެރި ނޫން އިވެންޓްތަކެއްގެ ގޮތުގައި ބާއްވަން ހަމަޖައްސައިފީމެވެ.

މިގޮތަށް ހަމަޖެހުމުން ކިޑްސް ކެޓަގަރީގައި ބައިވެރިވެވޭނީ 2019 ޖެނުއަރީ 1 ވަނަ ދުވަހުގެ ނިޔަލަށް 8 އަހަރުފުރި 10 އަހަރު ނުފުރޭ ކުދިންނަށެވެ.

ކިޑްސް ކެޓަގަރީގައި އޮންނާނީ 25 މީޓަރު ފްރީސްޓައިލް، 25 މީޓަރު ބެކްސްޓްރޯކް، 25 މީޓަރު ބްރެސްޓް ސްޓްރޯކް، 25 މީޓަރު ބަޓަފްލައި އަދި 50 މީޓަރު ފްރީސްޓައިލް އާއި 50 މީޓަރު ބެކްސްޓްރޯކް އިވެންޓްތަކެވެ.

މިކެޓަގަރީގައި ބާއްވާ އިވެންޓްތަކުގައި ވާދަވެރި ވަނަތައް ހޮވުމެއް ނޯންނާނެއެވެ. އިވެންޓްތަކުގައި ބައިވެރިވާ ހުރިހާ ދަރިވަރުންނަށްވެސް މެޑަލް އާއި ސެޓްފިކެޓް ދެވޭނެއެވެ.

މުބާރާތުގެ ކިޑްސް ކެޓަގަރީގައި ބައިވެރިވާން އެދޭ ކުދިންނަށް އެފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ މިކެޓަގަރީގައި ބައިވެރިވާން އެދޭ ކުދިންވެސް މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑި ކަމުގައިވާ 25 ޖުލައި 2019 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމުގެ ފޯމް ފުރިހަމަކޮށް އެސޯސިއޭޝަނަށް ހުށަހެޅުން އެދެމެވެ.

މުބާރާތުގެ ޤަވާޢިދާއި ފޯމް އެސޯސިއޭޝަންގެ ވެބްސައިޓުން އަދި އެސޯސިއޭޝަނުން ލިބެން ހުންނާނެވާހަކަ ދަންނަވަމެވެ.

މުބާރާތުގެ ޤަވައިދު: ލިންކް

މުބާރާތް ބާއްވާ ތަން: ބީ.އެމް.އެލް މާލޭ ސްވިމިންގ ޓްރެކް

މުބާރާތް ބާއްވާ ތާރީޚް: 2019 ޖުލައި 31 ން 3 އޮގަސްޓްގެ ނިޔަލަށް

މުބާރާތުގައި ބައިވެރިވުމަށް ފޯރމް ހުށަހަޅަންޖެހޭ ތާރީޚް: 25 ޖުލައި 2019 ގެ 14:00

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯރމާއި އިތުރު މަޢުލޫމާތު: ލިންކް

މި މުބާރާތުގައި ބައިވެރިވާން އެދޭ ސްކޫލްތަކުން އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ، މިއެސޯސިއޭޝަނާއި ގުޅުއްވުން އެދެމެވެ.

ފޯނު: 3323429

ފެކްސް: 3314206

އީމެއިލް: info@swimming.org.mv


our sponsors and partners

ސޯޅަ ވަނަ ސްވިމިންގ އެސޯސިއޭޝަން ޗެމްޕިއަޝިޕްއަށް ކިޑްސް ކެޓަގަރީ އިތުރުކުރުން