ބޭސިކް ސްވިމިންގ ކޯޗިންގ ކޯސް – ކުޅުދުއްފުށި

the city of kulhudhuffushi (photo by: abuubakuru – abooish)

ވާދަވެރި ފެތުންތެރިން އުފެއްދުމަށް ބޭނުންވާ ފެތުމުގެ ކޯޗުން ތަމްރީނުކުރުމަށް ބޭސިކް ސްވިމިންގ ކޯޗިންގ ކޯސް މިއެސޯސިއޭޝަނާ މޯލްޑިވްސް ނެޝަނަލް އިންސްޓިޓިއުޓް އޮފް ސްޕޯޓްސް އާއި ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމް 1 ގުޅިގެން ކުޅުދުއްފުށި ސިޓީގައި ހިންގަން ވަނީ ހަމަޖެހިފައެވެ.

10 ދުވަހުގެ މުއްދަތަށް ހިންގާ މިކޯސް ކުރިޔަށްދާނީ 2020 ފެބުރުއަރީ 2 ވަނަދުވަހުން ފެށިގެން 12 ވަނަ ދުވަހުގެ ނިޔަލަށެވެ. ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ކޯހުގައި ބައިވެރިވުމުގެ ޝަރުޠުހަމަވާ ކޮންމެދިވެއްސަކަށް ލިބިގެންވެއެވެ.

ވީމާ މިކޯހުގައި ބައިވެރިވާންއެދޭ ފަރާތްތަކުން ކޯހުގައި ބައިވެރިވުމަށް އެދޭ އޮންލައިން ފޯމު ފުރިހަމަކޮށް 2020 ޖަނަވަރީ 30 ވާ ބުރާސްފަތި ދުވަހު 13:00 ގެ ކުރިން، ސަބްމިޓްކުރުމަށް ދަންނަވަމެވެ.

ކޯހުގައި ބައިވެރުވުމުގެ ޝަރުތުތައް:

  1. ޢުމުރުން 18 ން މަތީގެ ދިވެއްސަކަށްވުން.
  2. އެހެންމީހެއްގެ އެހީތެރިކަމެއްނެތި އަމިއްލައަށް، 400 މީޓަރަށް ފަތަން އެނގޭ މީހަކަށްވުން.
  3. ދިވެހިބަހުންނާ އިނގިރޭސިބަހުން ފަރިތަކަމާއެކު މުޢާމަލާތުކޮށް ލިޔެކިޔަން އެނގުން.
  4. ކޯހުގެ މުއްދަތުގައި ކުޅުދުއްފުށި ސިޓީއަށް އަމިއްލަ ޚަރަދުގައި އައިސް ކޯސް ފުރިހަމަކުރެވޭފަދަ މީހަކަށްވުން.
  5. މިފަދަ ކޯހެއް ފުރިހަމަކޮށް ވާދަވެރި ފެތުންތެރިން އުފެއްދުމުގެ މަސައްކަތުގައި ދެމިހުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކަށްވުން.
  6. ޝަރުޢީ ބަންދެއްގައި ހުރި މީހަކަށް ނުވުން.
Online Form

our sponsors and partners

ބޭސިކް ސްވިމިންގ ކޯޗިންގ ކޯސް – ކުޅުދުއްފުށި