ha.dhidhoo sdp
ސްވިމިންގ އެސޯސިއޭޝަނާއި، ހއ.ދިއްދޫ ސްވިމިންގ ކޮމިއުނިޓީ އިސް ނަގައިގެން، ހއ.ދިއްދޫގައި ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފަށައިފިއެވެ. މިއީ، މާލެ ފިޔަވާ ދިވެހިރާއްޖޭގެ އެހެން ރަށެއްގައި މިއެސޯސިއޭޝަނުގެ ބެލުމުގެ ދަށުން ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމެއް ފެށި ފުރަތަމަ ފަހަރެވެ.
ޖުމްލަ 14 ކޯޗުންގެ އެހީތެރިކަމާއިއެކު ފެށި މި ޕްރޮގްރާމްގައި 40 ފެތުންތެރިން ވަނީ މިހާތަނަށް ބައިވެރިވެފައެވެ. ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމަކީ، ސްވިމިންގ ކުރިއެރުވުމަށް ބިގިނަރ ލެވެލް އިން ފެށިގެން، ސްކޮޑް ލެވެލް އަށް ފެތުންތެރިން ގެންދިޔުމަށް އަމާޒުކޮށްގެން ހިންގޭ، ޕްރޮގްރާމެކެވެ.
ހއ.ދިއްދޫ ކައުންސިލާއި، ހއ.އަތޮޅު ކައުންސިލް އަދި ސްކޫލްތަކުގެ ވަރަށް ބޮޑު އެހީތެރިކަމާއިއެކު ފެށި މި ޕްރޮގްރާމްގެ ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ހއ.ދިއްދޫގައި ސަރުކާރުން އަޅުއްވައިދެއްވި ފްލޯޓިންގ ސްވިމިންގ ޕްލެޓްފޯރމް ސަރަޙައްދުގައެވެ.
މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި މިއެސޯސިއޭޝަނާއި ގުޅިގެން ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްވިމިންގ ޕްލެޓްފޯރމްތައް ގާއިމްކޮށްފައިވާ އަދި، މިހާރުވެސް ކުރަމުންދާ ރަށްރަށަށް އަމާޒުކޮށްގެން ބީ.އެމް.އެލްގެ އެހީތެރިކަމާއިއެކު ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައް ފެއްޓުމަށް ވަނީ ހަމަޖެހިފައެވެ.
our sponsors and partners