hajja coach
އޮލިމްޕިކް ސޮލިޑާރިޓީގެ އެހީގެ ދަށުން ޔޫ.އެސް.އޭ ގެ ޔުނިވަރސިޓީ އޮފް ޑެލެވެއަރ ގައި ހިންގޭ ‘އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް’ ގައި ކިޔެވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ވަނީ މިއެސޯސިއޭޝަނަށް ދީފައެވެ. ވީމާ މިކޯހަށް ޝައުގުވެރިވާ މީހުން، ދީފައިވާ ސުންގަޑީގެކުރިން މިއެސޯސިއޭޝަނަށް އީމެއިލް މެދުވެރިކޮށް މިކޯހުގައި ބައިވެރިވުމަށް އެދި ހުށަހެޅުއްވުން އެދެމެވެ.
ޕްރޮގްރާމާއި ބެހޭ މަޢުލޫމާތު:
- ޕްރޮގްރާމްގެ ނަން: އިންޓަރނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް
- މަޢުލޫމާތު: ޔުނިވަރސިޓީގެ ވެބްސައިޓް.
- ލީފްލެޓް: ޑައުންލޯޑް ލިންކް
- ބޭއްވޭތަން: ޔޫ.އެސް.އޭ އަދި ސްވިޒަލޭންޑް
- ފުރަތަމަ މޮޑިއުލްގެ ތާރީޚް: 2020 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 10 ން ސެޕްޓެމްބަރު މަހުގެ 13 އަށް ޔުނިވަރސިޓީ އޮފް ޑެލެވެއަރ ކެމްޕަސް ގައި
- ދެވަނަ މޮޑިއުލްގެ ތާރީޚް: 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 13 ން 26 އަށް ޔޫ.އެސް.އޭ އޮލިމްޕިކް ޓްރެއިނިންގ ސެންޓަރުގައި.
- ތިންވަނަ މޮޑިއުލްގެ ތާރީޚް: 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 26 ން އޮކްޓޫބަރު މަހުގެ 04 އަށް ޑެޒިގްނޭޓެޑް އެޕްރެންޓީސްޝިޕް ސައިޓްތަކުގައި.
- ހަތަރުވަނަ މޮޑިއުލް: 2021 ވަނަ އަހަރުގެ އެޕްރީލް 24 ން 29 އަށް އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީގެ ހެޑްކްއާޓަރސް (ލުޒޭން، ސްވިޒަލޭންޓް)
- ޝަރުތު:
- ޤައުމީ ލެވެލްގެ ފެތުންތެރިންނަށް ކޯޗުކޮށްދެމުންދާ ކޯޗެއްކަމުގައިވުން.
- ކޯޗިންގެ ދާއިރާގައި މެދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގޭ މީހެއްކަމުގައިވުން.
މިކޯހަށް ހޮވޭ ކޯޗުންގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް، އޮލިމްޕިކް ސޮލިޑާރިޓީގެ ފަރާތުންނެވެ.
ހުށަހަޅަންޖެހޭ ސުންގަޑި: 31 މާރިޗު 2020 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މިއެސޯސިއޭޝަނަށް އީމެއިލް info@swimming.org.mv މެދުވެރިކޮށް.
އީމެއިލް އާއިއެކު އެޓޭޗް ކުރައްވަންޖެހޭ ތަކެތި:
- އެ ކޯޗެއްގެ ސީވީ
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކުލަ ސްކޭން ކޮޕީ
- 30 ނޮވެމްބަރ 2021 ގެ ނިޔަލަށް މުއްދަތު ހަމަނުވާ ޕާސްޕޯރޓްގެ ކުލަ ސްކޭން ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކުލަ ސްކޭން ކޮޕީ
- ފެތުމުގެ ދާއިރާއިން އަދި ކޯޗިންގ ގެ ދާއިރާއިން ހޯދައިފައިވާ ސެޓްފިކެޓްތައް އަދި ކާމިޔާބީ އަންގައިދޭ ލިޔުންތަކުގެ ކުލަ ސްކޭން ކޮޕީ
our sponsors and partners