ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 4 ވަނަ އިންތިޚާބުގައި ވޯޓުލާ ތާރީޚު 20 އެޕްރީލް 2020 އަށް ފަސްކުރުން

association logo

މިއެސޯސިއޭޝަނުގެ 4 ވަނަ އިންތިޚާބުގެ ވޯޓުލުން ބާއްވާ ތާރީޚް ބަދަލުކޮށް، 20 އެޕްރީލް 2020 ވާ ހޯމަ ދުވަހަށް ފަސްކުރެވިފައިވާ ވާހަކަ މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންނާއި، އިންތިޚާބީ ކެންޑިޓޭޓުނަށް އަންގައި އިޢުލާނު ކުރަމެވެ.

މިގޮތަށް، އިންތިޚާބުގައި ވޯޓުލުމަށް ހަމަޖައްސާފައިވާ ތާރީޚް ބަދަލުކޮށްފައިވަނީ ކޯވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގައި ސިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށް ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ގޭގައި މަޑުކުރުމަށް ސިއްޙީ މާހިރުން ދެއްވާ ލަފަޔާއި ސަރުކާރުން އަޅުއްވާފައިވާ އަދި މިހާރުވެސް އަޅުއްވަމުންދާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުންނެވެ.

އަދި ދަންނަވަމެވެ. އެސޯސިއޭޝަނުގެ 4 ވަނަ އިންތިޚާބުގައި ވޯޓުލުމަށް ކަނޑައަޅާފައިވާ ތާރީޚް ފަސްކުރި ނަމަވެސް، އިންތިޚާބާއި ގުޅުންހުރި އިތުރު އެހެން އެއްވެސް ކަމަކަށް ބަދަލެއް ނާންނާނެއެވެ.

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 4 ވަނަ އިންތިޚާބުގެ ވޯޓުލުން ބޭއްވޭނެ ތަނާއި ވަގުތު:

ޖަލްސާއަށް ވަޑައިގަންނަވާއިރު، އެސޯސިއޭޝަނުގެ މެންބަރޝިޕް ކާޑު ނުވަތަ، ނެޝަނަލް އައިޑެންޓިޓީ ކާޑު ނުވަތަ، ސަރުކާރުގެ ރަސްމީއިދާރާއަކުން ދޫކޮށްފައިވާ ކާކުކަން އަންގައިދޭ ފޮޓޯޖެހި ލިޔުމެއް ގެންނެވުން އެދެމެވެ. ޕްރޮކްސީ ފޯރމްތައް ޙަވާލުކުރެއްވުމަށް މިއެސޯސިއޭޝަނުގެ ޖެނެރަލް ސެކްރެޓަރީއާއި ގުޅުއްވައި، ފޯރމު ހުށަހެޅުއްވުމުގެ ކަންކަން ހަމަޖެއްސެވުން އެދެމެވެ.


our sponsors and partners

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ 4 ވަނަ އިންތިޚާބުގައި ވޯޓުލާ ތާރީޚު 20 އެޕްރީލް 2020 އަށް ފަސްކުރުން