އިންޓަނޭޝަނަލް ކޯޗިންގ ކޯސް (ޖަރުމަނުވިލާތް) ގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު

2021 ވަނަ އަހަރުގެ މާރޗް މަހުގެ 4 ން 31 ޖުލައިހގެ ނިޔަލަށް ޖަރުމަނުވިލާތުގެ ލައިޕްޒިގް Universität Leipzig ގައި ހިންގުމަށް ހަމަޖެހިފައިވާ އިންޓަނޭޝަނަލް ކޯޗިންގ ކޯހުގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު، މިއެސޯސިއޭޝަނަށް ވަނީ ލިބިފައެވެ. ވީމާ، މިކޯހުގައި ބައިވެރިވާން އެދޭފަރާތްތަކުން މިކަމަށްއެދި 13 އޮގަސްޓް 2020 ވާ ބުރާސްފަތު ދުވަހުގެ 13:00ގެ ކުރިން މިއެސޯސިއޭޝަނަށް ފޯރމް ހުށަހެޅުއްވުން އެދެމެވެ.

  • ކޯހުގެ ނަން: އިންޓަނޭޝަނަލް ކޯޗިންގ ކޯސް (ސްވިމިންގ)
  • ކޯސް ބޭއްވޭ ތާރީޚް: މާރޗް 4 ން 31 ޖުލައި 2021
  • ކޯހުގައި ބައިވެރިވުމަށް އެދޭ ފޯރމް: އެޕްލިކޭޝަން ފޯރމް ޑައުންލޯޑް ލިންކް
  • ކޯސް ބޭއްވޭ ޤައުމު: ޖަރުމަނުވިލާތް
  • ކޯހުގެ ފީ: ހިލޭ
  • ޕޮކެޓްމަނީ: ޖަރުމަނުގައި ހޭދަވާ ދުވަސްތަކުގައި ދިރިއުޅުމުގެ ޚަރަދުތައް ހަމަޖެއްސުމަށް އެހީތެރިވުމުގެ ގޮތުން، ޖަރުމަނު އެންބަސީގެ ފަރާތުން ކޮންމެ މަހަކު އެލަވަންސް ހަމަޖައްސައިދޭނެއެވެ.
  • ޓިކެޓް: ޖަރުމަނަށް ދިޔުމާއި އައުމުގެ ޓިކެޓް ހަމަޖައްސަން ޖެހޭނީ އެބައިވެރިޔެއްގެ އަމިއްލަ ޚަރަދުގައެވެ.
  • ވިސާ: މިކޯހުގައި ބައިވެރިވެ، ޖަރުމަނަށް ދިޔުމަށް ބޭނުންވާ ވިސާ ހަމަޖައްސަން ޖެހޭނީ އެބައިވެރިއެއް އަމިއްލައަށް، އަމިއްލަ ޚަރަދުގައެވެ.
  • މެޑިކަލް އަދި އިންޝިއުރަންސް: މިކޯހުގައި ބައިވެރިވުމަށް ނަން ފޮނުވޭފަރާތްތައް ހައްދަންޖެހޭ މެޑިކަލް އާއި، ޓްރެވަލް އިންޝިއުރަންސް ހައްދަންޖެހޭނީ އެބައިވެރިއެއް އަމިއްލައަށް، އަމިއްލަޚަރަދުގައެވެ.
  • ފޯރމް ހުށަހަޅަންޖެހޭ ތާރީޚް: 13 އޮގަސްޓް 2020 ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން.
  • ފޯރމް ހުށަހަޅަން ޖެހޭތަން: އީމެއިލް މެދުވެރިކޮށް، sharif@swimming.org.mv އަށް.
  • އިތުރު މަޢުލޫމާތު: ކޯހުގެ ވެބްސައިޓް

ކޯހުގައި ބައިވެރިވުމުގެ ޝަރުތުތައް:

  • 13 އޮގަސްޓް 2020 އަށް 18 އަހަރު ފުރި، 31 ޖުލައި 2021 އަށް 40 އަހަރު ނުފުރޭ މީހެއްކަމުގައިވުން.
  • ކުޅިވަރުގެ ދާއިރާއިން ތަޢުލީމް ޙާސިލްކޮށްފައިވުން (ކުޅިވަރު ކޮމިއުނިޓީ ނުވަތަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ ޤަބޫލުކުރާ، ކުޅިވަރާއިބެހޭ ދާއިރާއެއްގެ ސެޓްފިކެޓެއް)
  • ކޯޗެއްގެ ގޮތުގައި ނުވަތަ، ކުޅުންތެރިއެއްގެ ގޮތުގައި ނުވަތަ ފިޒިކަލް އެޑިއުކޭޝަން ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކޮށްފައިވާ ނުވަތަ ކުރަމުންދާ މީހެއްކަމުގައި ވުން.
  • ޖިސްމާނީ އަދި ނަފްސާނީގޮތުން ދުޅަހެޔޮ މީހެއްކަމުގައި ވުން.

އެޕްލިކޭޝަން ފޯރމްއާއި އެކު ހުށަހަޅަންޖެހޭ ތަކެތި:

މިކޯހުގައި ބައިވެރިވުމަށް ސްވިމިންގ އެސޯސިއޭޝަނުގެ ފަރާތުން ހުށަހަޅާ ނަން ހޮވުމުގައި ތިރީގައިވާ ކަންކަމަށް ބެލޭނެއެވެ.

  • ފެތުންތެރިއެއްގެ ގޮތުގައި ހޭދަކޮށްފައިވާ މުއްދަތު
  • ސްވިމިންގ ކޯޗެއްގެ ގޮތުގައި ހޭދަކޮށްފައިވާ މުއްދަތު
  • ސްވިމިންގ އެސޯސިއޭޝަނަށާއި ކުޅިވަރުގެ ދާއިރާއަށް ކޮށްދީފައިވާ ޚިދުމަތްތަކާއި، ޚިދުމަތް ކޮށްދީފައިވާ މުއްދަތު.

our sponsors and partners

އިންޓަނޭޝަނަލް ކޯޗިންގ ކޯސް (ޖަރުމަނުވިލާތް) ގައި ބައިވެރިވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު