ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ޤަވާއިދަށް ބަދަލުގެނެއުން

association logo

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ޤަވާޢިދުގައި ހުރުން ލާޒިމްކޮށް، ބައިނަލްއަޤުވާމީ ފެތުމުގެ ޖަމިއްޔާ (ފީނާ) އިން ހުށަހަޅާފައިވާ ކަންކަން ހިމެނުމަށާއި އެފަދަ ހުށަހެޅުންތަކާ ގުޅިގެން ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ޤަވާއިދަށް ބައެއް ބަދަލުގެއުމުގެ މަސައްކަތް މިއެސޯސިއޭޝަނުން މިދަނީ ކުރަމުންނެވެ. އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީއިން ނިންމާފައިވަނީ އެސޯސިއޭޝަންގެ ހިންގާ ޤަވާޢިދަށް އިޞްލާޙް ގެނައުމުގެ މަސައްކަތްކުރާ މިވަގުތުގައިވެސް، އެސޯސިއޭޝަނުގެ މެންބަރުންގެ އެއްވެސް ހުށަހެޅުމެއްވާނަމަ، އެ ހުށަހެޅުންތައް ހޯދައި، އޭގެ މައްޗަށްވެސް ރިއާޔަތް ކުރުމަށެވެ. ވީމާ، ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ޤަވާއިދަށް އެސޯސިއޭޝަންގެ މެންބަރުން ގެންނަން ބޭނުންވާ އިސްލާޙެއް ވާނަމަ 10 ޑިސެންބަރު 2020 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރީން މިއެސޯސިއޭޝަނަށް އީމެއިލް މެދުވެރިކޮށް މިއެސޯސިއޭޝަނުގެ ހިންގާ ކޮމިޓީއަށް ހުށަހެޅުއްވުން އެދެމެވެ. އެސޯސިއޭޝަންގެ ހިންގާ ޤަވާޢިދަށް ހުށަހަޅާ އިޞްލާޙްތަކުގެ ގޮތުގައި ހުށަހަޅާ ހުށަހެޅުއްވުންތައް ހުށަހަޅުއްވަން ވާނީ މިހާރު އޮތް ހިންގާ ޤަވާޢިދުގެ މާއްދާ އާއި އިޞްލާޙް ގެންނަވަން ބޭނުންވާ ބައި ނުވަތަ މުޅިން އައު މާޢްދާއެއްނަމަ އެކަންވެސް ފާހަގަވާނެހެން ސަބާބާއިއެކު، އެސޯސިއޭޝަނުގައި ރަޖިސްޓްރީކޮށްފައިވާ އީމެއިލް މެދުވެރިކޮށް ކަމުގައި ދަންނަވަމެވެ.


our sponsors and partners

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ހިންގާ ޤަވާއިދަށް ބަދަލުގެނެއުން