ހުޅުމާލޭ ސްވިމިންގ ޕޫލް އާންމުންނަށް ހުޅުވައިލުން

association logo

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މެނޭޖްކުރާ ހުޅުމާލޭ ސްވިމިންގ ޕޫލް މެންބަރޝިޕް އުޞޫލުން އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ހުޅުވާލުމަށް ވަނީ ނިންމާފައެވެ.

ސްވިމިންގ ޕޫލުގެ މެންބަރޝިޕް ފީ ނެގުމަށް ހަމަޖެހިފައިވާ އުޞޫލު:

  • އާންމު ދިވެހިންގެ މެންބަރޝިޕްފީ: މަހަކު 1500.00 (ފަނަރަސަތޭކަ) ރުފިޔާ ނުވަތަ ދުވާލަކު 150.00 (އެއްސަތޭކަ ފަންސާސް) ރުފިޔާ. – (ދުވާލަކު އެއް ގަޑިއިރު)
  • ބިދޭސީންގެ މެންބަރޝިޕްފީ: މަހަކު 3000.00 (ތިންހާސް) ރުފިޔާ ނުވަތަ ދުވާލަކު 300.00 (ތިންސަތޭކަ) ރުފިޔާ. – (ދުވާލަކު އެއް ގަޑިއިރު)

އެހެނިހެން ކަންކަން:

  • ޕޫލު ބުކްކުރުމާއި، މެންބަރޝިޕްފީ ދެއްކުމަށް ގުޅުއްވާނީ 7800096 އަށެވެ.
  • ޕޫލު ބޭނުންކުރައްވާ ހުރިހާ ފަރާތްތަކުންވެސް ޕޫލު ބޭނުންކުރުމުގެ އުޞޫލުތަކަށް ޢަމަލުކުރަންވާނެއެވެ.
  • ޕޫލުބޭނުންކުރަން ފުރުޞަތު ދޭނީ ޕޫލު ބުކްކުރާ ތަރުތީބުން އިސްކަންދޭ އުޞޫލުންނެވެ.
  • ޢާންމު ފަރާތްތަކަށް ޕޫލު ބޭނުންކުރުމުގެ ފުރުޞަތު ދެވޭނީ، ފެތުމުގެ ޤައުމީ ސްކޮޑްތަކުގެ ފެތުންތެރިންނާއި، ސްވިމިންގ އެސޯސިއޭޝަނުގެ މެންބަރު ކުލަބުތަކުގެ ތަމްރީނުތަކަށް ބޭނުންކުރާ ވަގުތުތައް ފިޔަވައި އިތުރު ވަގުތުތަކުގައެވެ.
  • ހުކުރު އަދި ހޮނިހިރު ދުވަސް ޚާއްސަކޮށްފައިވަނީ އާއިލާތަކަށާއި ގުރޫޕް ތަކަށެވެ. އާއިލާ ތަކަށާއި ގްރޫޕްތަކަށްވެސް ޕޫލު ބޭނުންކުރެވޭނީ ކަނޑައެޅިފައިވާ ޕޫލުފީ ދެއްކުމަށްފަހުއެވެ.
  • މީގެ އިތުރުން، މުބާރާތްފަދަ އިވެންޓްތައް ބޭއްވުމަށް ޕޫލުދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.
  • މަހުން މަހަށް ފީ ދައްކާބޭފުޅުންނަށް ސްލޮޓް އެލޮކޭޓްކުރެވޭނެއެވެ. އެނޫން ގަޑިތަކުގައި އެފަރާތްތަކަށް ބޭނުން ނުކުރެވޭނެއެވެ. ސްލޮޓް އެލޮކޭޓް ކުރުމުގައި ހަފްތާ ބަންދު ނުހިމެނޭނެއެވެ.
  • ކޮންމެ ބޭފުޅަކަށްވެސް ޕޫލު ބޭނުންކުރަން ލިބޭނީ ދުވާލަކު އެއްގަޑިއިރަށެވެ.

our sponsors and partners

ހުޅުމާލޭ ސްވިމިންގ ޕޫލް އާންމުންނަށް ހުޅުވައިލުން