hajja coach
އޮލިމްޕިކް ސޮލިޑާރިޓީގެ އެހީގެ ދަށުން ޔޫ.އެސް.އޭ ގެ ޔުނިވަރސިޓީ އޮފް ޑެލެވެއަރ އިން ހިންގާ ‘އިންޓަނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް – ވަރޗުއަލް’ ގައި ކިޔެވުމަށް ނަންހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ފަރާތުން ވަނީ މިއެސޯސިއޭޝަނަށް ދީފައެވެ. ވީމާ މިކޯހަށް ޝައުގުވެރިވާ މީހުން، ތިރީގައި ދީފައިވާ ސުންގަޑީގެކުރިން މިއެސޯސިއޭޝަނަށް އީމެއިލް މެދުވެރިކޮށް މިކޯހުގައި ބައިވެރިވުމަށް އެދި ހުށަހެޅުއްވުން އެދެމެވެ.
ޕްރޮގްރާމާއި ބެހޭ މަޢުލޫމާތު:
- ޕްރޮގްރާމްގެ ނަން: އިންޓަރނޭޝަނަލް ކޯޗިން އެންރިޗްމަންޓް ސެޓްފިކެޓް ޕްރޮގްރާމް
- މަޢުލޫމާތު: ޔުނިވަރސިޓީގެ ވެބްސައިޓް.
- ލީފްލެޓް: ޑައުންލޯޑް ލިންކް
- ކިޔެވުން ފެށުމަށް ހަމަޖެހިފައިވާ ތާރީޚް: 26 އޮކްޓޯބަރ 2021
- ޝަރުތު:
- ޤައުމީ ލެވެލްގެ ފެތުންތެރިންނަށް ކޯޗުކޮށްދެމުންދާ ކޯޗެއްކަމުގައިވުން.
- ކޯޗިންގެ ދާއިރާގައި މެދުވެގެން 5 (ފަހެއް) އަހަރުދުވަހުގެ ތަޖުރިބާ ލިބިފައިވުން.
- އިނގިރޭސިބަހުން ރަނގަޅަށް ވާހަކަދައްކަން އިނގޭ މީހެއްކަމުގައިވުން.
މިކޯހަށް ހޮވޭ ކޯޗުންގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް، އޮލިމްޕިކް ސޮލިޑާރިޓީގެ ފަރާތުންނެވެ.
ހުށަހަޅަންޖެހޭ ސުންގަޑި: 19 ސެޕްޓެމްބަރ 2021ގެ 13:00 ގެ ކުރިން މިއެސޯސިއޭޝަނަށް އީމެއިލް info@swimming.org.mv މެދުވެރިކޮށް.
އީމެއިލް އާއިއެކު އެޓޭޗް ކުރައްވަންޖެހޭ ތަކެތި:
- އެ ކޯޗެއްގެ ސީވީ އަދި ކޯޗިންގ ޕޯރޓްފޯލިއޯ
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކުލަ ސްކޭން ކޮޕީ
- މުއްދަތު ހަމަނުވާ ޕާސްޕޯރޓްގެ ކުލަ ސްކޭން ކޮޕީ
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކުލަ ސްކޭން ކޮޕީ
- ފެތުމުގެ ދާއިރާއިން އަދި ކޯޗިންގ ގެ ދާއިރާއިން ހޯދައިފައިވާ ސެޓްފިކެޓްތައް އަދި ކާމިޔާބީ އަންގައިދޭ ލިޔުންތަކުގެ ކުލަ ސްކޭން ކޮޕީ
our sponsors and partners