News & Announcements

ސްޕޯރޓްސް އެތިކްސް އެންޑް އިންޓަގްރެޓީ މާސްޓަރސް ޕްރޮގްރާމަށް ޝަޖަން

shajan

ސްޕޯރޓްސް އެތިކްސް އެންޑް އިންޓަގްރެޓީ މާސްޓަރސް ޑިގްރީ ޕްރޮގްރާމް ފެށުމަށް އާމިނަތު ޝަޖަން ބެލްޖިއަމްއަށް ފުރައިފިއެވެ.

މިއީ، ޔޫރަޕިއަން ޔޫނިއަންގެ ސްޓުޑަންޓް އެކްސްޗޭންޖް ޕްރޮގްރާމް (އިރަސްމުސް) އަދި ބެލްޖިއަމްގެ ކޭ.ޔޫ ލޫވެން ޔުނިވަރސިޓީއާއި ގުޅިގެން ކުރިއަށްގެންދާ އިރަސްމުސް މުންޑުސް ޖޮއިންޓް މާސްޓަރ އޮފް އާރޓްސް އިން ސްޕޯރޓްސް އެތިކްސް އެންޑް އިންޓަރގްރިޓީ މާސްޓަރސް ޑިގްރީ ޕްރޮގްރާމްގައި ބައިވެރިވުމަށް ދިވެހިރާއްޖެއަށް ލިބުނު ފުރަތަމަ ފުރުޞަތެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ މެދުވެރިކޮށް ޝަޖަންއަށް ލިބުނު މި ސްކޮލަރޝިޕް އަކީ، އިންޓަނޭޝަނަލް އޮލިމްޕިކް ކޮމިޓީއިން އޮލިމްޕިއަނުންނަށް ހާއްސަކޮށް ދޭ ސްކޮލަރޝިޕް ފުރުޞަތެކެވެ.

shajan (photo: maldives olympic committee)

ޝަޖަން ވަނީ ލަންޑަން 2012 އޮލިމްޕިކް ގޭމްސް އަދި ރިއޯ 2016 އޮލިމްޕިކް ގޭމްސްގައި ދިވެހިރާއްޖެ ތަމްޞީލުކޮށްފައެވެ. އަދި، ސިންގަޕޯރ 2010 ޔޫތު އޮލިމްޕިކް ގޭމްސްގައިވެސް ޝަޖަން ވަނީ ދިވެހިރާއްޖެ ތަމްޞީލުކޮށްފައެވެ. 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ދިވެހިރާއްޖެއަށް ޝަޖަން ހޯދައިދިން ލޯ މެޑަލްއަކީ ދިވެހި ތާރީޚުގައި، ފެތުމުގެ ދާއިރާއިން ދިވެހިރާއްޖެއަށް ލިބުނު ފުރަތަމަ އިންޑިވިޖުއަލް މެޑަލްއެވެ. މީގެ އިތުރުން ޝަޖަން ވަނީ، 2016 ވަނަ އަހަރު ބޭއްވުނު ސައުތު އޭޝިއަން އެކުއަޓިކް ޗެމްޕިއަންޝިޕްސްގައި އިތުރު 2 ލޯ މެޑަލް ދިވެހިރާއްޖެއަށް ހޯދައިދީފައެވެ.

މެލޭޝިއާގެ ލިމްކޮކްވިންގ ޔުނިވަރސިޓީ އޮފް ކްރިއޭޓިވް ޓެކްނޮލޮޖީ އިން ބެޗްލަރ އިން ސްޕޯރޓްސް މެނޭޖްމަންޓު ހާޞިލްކޮށްފައިވާ ޝަޖަން މިހާރުވެސް ޖުމްލަ 9 އިވެންޓެއްގެ ޤައުމީ ރެކޯޑް ހޯލްޑްކުރެއެވެ.


our sponsors and partners

ސްޕޯރޓްސް އެތިކްސް އެންޑް އިންޓަގްރެޓީ މާސްޓަރސް ޕްރޮގްރާމަށް ޝަޖަން