ސަތޭކަ މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އިމްޢާން އައުކޮށްފި

imaan

ފިރިހެނުންގެ ލޯންގ ކޯސް 100 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ޢަލީ އިމްޢާން އައުކޮށްފިއެވެ. ކްރޮއޭޝިއާގައި ޖުލައި 12 އަދި 13 ވަނަ ދުވަހު ކުރިއަށްދިޔަ ގޯލްޑަން އޮރލަންޑޯ އޮލިމްޕިކް ކޮލިފިކޭޝަން މީޓްގައި ގައި އިމްޢާން މި ރެކޯރޑް އައުކޮށްފައިވަނީ 01.09.07 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އައުކޮށްފައިވަނީވެސް އިމްޢާން އެވެ. އެފަހަރު މިރެކޯރޑް އައުކޮށްފައިވަނީ 2018 ވަނަ އަހަރު ބޭއްވި 18 ވަނަ އޭޝިއަން ގޭމްސްގައި 01.10.03 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.


our sponsors and partners

ސަތޭކަ މީޓަރު ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އިމްޢާން އައުކޮށްފި