ޗެމްޕިއަން އޮފް ޗެމްޕިއަން 2021 ފެތުމުގެ މުބާރާތް

ޗެމްޕިއަން އޮފް ޗެމްޕިއަންސް ފެތުމުގެ މުބާރާތް 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 22 ން 27 ށް ހުޅުމާލޭ ސްވިމިންގ ޕޫލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ، މި މުބާރާތުގެ ޤަވާއިދާއި އެއްގޮތްވާގޮތުގެމަތީން ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންވައިޓްކުރާ، މި މުބާރާތަށް ކޮލިފައިވާ ފެތުންތެރިންނަށް ހުޅުވާލެވިގެން ބޭއްވޭ މުބާރާތެކެވެ.

އެންމެ މޮޅު ފެތުންތެރިޔާއަށް 10000.00ރ ގެ ފައިސާގެ އިނާމާއި، ފެންމުތުގެ ޝަރަފް އެރުވުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ޤަވާއިދާއި، އިންވައިޓް ލިސްޓް މުބާރާތުގެ ޕޭޖްގައި މިހާރު ޝާއިރު ކުރެވިފައި ވާނެއެވެ. މި މުބާރާތުގައި ބައިވެރިވުމަށް އިންވައިޓް ކުރެވިފައިވާ ފެތުންތެރިންނަށް އިންވިޓޭޝަން ޤަބޫލުކުރުމުގެ ސުންގަޑި 10 އޮކްޓޫބަރ 2021ގެ 14:00 ގައި ހަމަވާނެއެވެ.

މުބާރާތުގެ ޕޭޖް ލިންކު: https://swimming.org.mv/event/cc2021


our sponsors and partners

ޗެމްޕިއަން އޮފް ޗެމްޕިއަން 2021 ފެތުމުގެ މުބާރާތް