ޗެމްޕިއަން އޮފް ޗެމްޕިއަން 2021 ފެތުމުގެ މުބާރާތް މިއަދު ފަށައިފި

ޗެމްޕިއަން އޮފް ޗެމްޕިއަން ފެތުމުގެ މުބާރާތް މިއަދު ފަށައިފިއެވެ. މިއީ މި މި ސީރީޒްގެ މުބާރާތްތަކުގެ ފުރަތަމަ މުބާރާތެވެ. މުބާރާތުން އެއްވަނައަށް ދާ ފެތުންތެރިޔާއަށް “ފެންމުތުގެ” ޝަރަފް އެރުވުމަށް ހަމަޖެހިފައިވާ މި މުބާރާތަކީ ވޭތުވެދިޔަ އަހަރުތަކުގައި ކޮންމެ އިވެންޓެއްގެވެސް ޓޮޕް ފެތުންތެރިންނަށް އިންވައިޓްކޮށްގެން ބޭއްވޭ ޚާއްސަ މުބާރާތެކެވެ.

ހަވީރު ސެމީފައިނަލް ފެތުމަށްފަހު، ރޭގަނޑު ފައިނަލް އިވެންޓްތައް ބާއްވާ މި މުބާރާތަކީ ހުޅުމާލޭ ސްޕޯރޓްސް ކޮމްޕްލެކްސްގައި ބޭއްވޭ ފުރަތަމަ މުބާރާތެވެ.

ރާއްޖޭގެ ޓޮޕް 37 ފެތުންތެރިން ބައިވެރިވާ މި މުބާރާތުގައި ޖުމްލަ 75 އިވެންޓް ފެތުމަށް ވަނީ ހަމަޖެހިފައެވެ. މި މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް މި މުބާރާތް ކުރިއަށް ދާނެއެވެ.

މުބާރާތުގެ ޕޭޖް ލިންކު: https://swimming.org.mv/event/cc2021


our sponsors and partners

ޗެމްޕިއަން އޮފް ޗެމްޕިއަން 2021 ފެތުމުގެ މުބާރާތް މިއަދު ފަށައިފި