ފިރިހެނުންގެ ޝޯރޓް ކޯސް 100 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް ޢަލީ އިމްޢާން އައުކޮށްފިއެވެ. ރަޝިޔާގެ ކަޒާންގައި މިމަހު 28 ން 30 އަށް ކުރިއަށްދާ ފީނާ ސްވިމިންގ ވޯރލްޑް ކަޕް 2021 (ލެގް 4) ގައި އިމްޢާން މި ރެކޯރޑް އައުކޮށްފައިވަނީ 01.04.93 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އައުކޮށްފައިވަނީ މުބާލް އައްޒާމް އިބްރާޙީމެވެ. މުބާލް މިރެކޯރޑް އައުކޮށްފައިވަނީ 2017 ވަނަ އަހަރު ބޭއްވުނު 5 ވަނަ އޭޝިއަން އިންޑޯރ އެންޑް މާޝަލް އާރޓްސް ގޭމްސްގައި 01.10.13 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ.
our sponsors and partners