ފަންސާސް މީޓަރ ބެކްސްޓްރޯކް އަދި ހަތަރުސަތޭކަ މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ޤައުމީ ރެކޯރޑް އިމްޢާން އައުކޮށްފި

ފިރިހެނުންގެ ޝޯރޓް ކޯސް 50 ބެކްސްޓްރޯކް އަދި 400 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް ޢަލީ އިމްޢާން އައުކޮށްފިއެވެ. ރަޝިޔާގެ ކަޒާންގައި މިމަހު 28 ން 30 އަށް ކުރިއަށްދާ ފީނާ ސްވިމިންގ ވޯރލްޑް ކަޕް 2021 (ލެގް 4) ގައި 50 މީޓަރ ބެކްސްޓްރޯކް އިވެންޓްގެ ރެކޯރޑް އިމްޢާން އައުކޮށްފައިވަނީ 00.29.23 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ. އަދި 400 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ޤައުމީ ރެކޯރޑް އިމްޢާން އައުކޮށްފައި ވަނީ 05.06.64 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ. މި މުބާރާތުގައި އިމްޢާން ވަނީ ޖުމްލަ 3 ޤައުމީ ރެކޯރޑެއް އައުކޮށްފައެވެ. މުބާރާތުގެ ފުރަތަމަދުވަހު އިމްޢާން ވަނީ 100 މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ޤައުމީ ރެކޯރޑް އައުކޮށްފައެވެ.

50 މީޓަރ ބެކްސްޓްރޯކްގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އައުކޮށްފައިވަނީ ވެސް އިމްޢާން އެވެ. އެއީ 2019 ވަނަ އަހަރު ނޭޕާލްގައި ބޭއްވުނު 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި 00.29.44 އިން ރޭސް ފުރިހަމަ ކޮށްގެންނެވެ. ޝޯރޓްކޯސް 400 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓް ބައިނަލްއަޤްވާމީ މުބާރާތެއްގައި ދިވެހި ފެތުންތެރިއަކު އެންމެ ފުރަތަމަ ފަތާފައިވަނީ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައެވެ. މުޙައްމަދު އާން ޙުސައިން އެފަހަރު އެއިވެންޓް ފުރިހަމަކޮށްފައިވަނީ 05.49.08 އިންނެވެ.


our sponsors and partners

ފަންސާސް މީޓަރ ބެކްސްޓްރޯކް އަދި ހަތަރުސަތޭކަ މީޓަރު އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ޤައުމީ ރެކޯރޑް އިމްޢާން އައުކޮށްފި