ހއ.ކެލާ އަދި ހއ.ހޯރަފުށީގައި ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީނުކޮށްފި

ހ.އ ކެލާ އަދި ހއ.ހޯރަފުށީގައި ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީނު ކުރުމުގެ ކޯސްތައް ހިންގައި، ބައިވެރިންނަށް ސެޓްފިކެޓް ދީފިއެވެ. މި އަހަރުގެ އޮކްޓޫބަރު މަހުގެ 25 ން ނޮވެމްބަރ 12 އަށް ހިންގުނު މި ކޯސްތަކުގައި ޖުމްލަ 30 އިންސްޓްރަކްޓަރުން ވަނީ ތަމްރީނު ކުރެވިފައެވެ.

ހއ.ކެލާގައި ހިންގި ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީނު ކުރުމުގެ ކޯސް ކުރިއަށް ގެންދިޔައިރު، ހއ.ކެލާ ކައުންސިލް އާއި، ހއ.ކެލާ ޕޮލިސް ސްޓޭޝަންގެ އިތުރުން އެރަށު ޝެއިޚް އިބްރާޙިމް ސްކޫލާއި، ހެލްތު ސެންޓަރުގެ ވަރަށް ބޮޑު އެއްބާރުލުމަކާއި އެހީތެރިކަން ވަނީ ލިބިފައެވެ. މި ކޯސް ކުރިއަށް ގެންގޮސްފައިވަނީ، މޫސާ ރަޝީދުގެ ބެލުމުގެ ދަށުންނެވެ.

ހުސެން ރަޝީދުގެ ބެލުމުގެ ދަށުން ހއ.ހޯރަފުށީގައި ހިންގި ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީނު ކުރުމުގެ ކޯސް ކުރިއަށް ގެންދިޔުމުގައި އެރަށު ކައުންސިލާއި، ސިއްޙީ މަރުކަޒު އަދި ޕޮލިސް ސްޓޭޝަންގެ އިތުރުން، ހއ.އަތޮޅު މަދަރުސާގެ ވަރަށްބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ވަނީ ލިބިފައެވެ.


our sponsors and partners

ހއ.ކެލާ އަދި ހއ.ހޯރަފުށީގައި ފަތަން ދަސްކޮށްދޭ އިންސްޓްރަކްޓަރުން ތަމްރީނުކޮށްފި