ޝޯރޓްކޯސް 2 އިވެންޓެއްގެ ޤައުމީ ރެކޯރޑް އިމްޢާން އައުކޮށްފި

އަބޫ ދާބީ ގައި މިހާރު ކުރިއަށްދާ 15 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި އިމްޢާން ޢަލީ ޤައުމީ 2 ރެކޯރޑެއް އައުކޮށްފިއެވެ.

އިމްޢާން ވަނީ މެންސް ޝޯރޓްކޯސް 400 މީޓަރ ފްރީސްޓައިލްގެ ޤައުމީ ރެކޯޑް އަދި 100 މީޓަރ ބެކްސްޓްރޯކްގެ ޤައުމީ ރެކޯރޑް އައުކޮށްފައެވެ. މި މުބާރާތުގައި އިމްޢާން 400 މީޓަރ ފްރީސްޓައިލް ފަތާފައިވަނީ 04.24.45 އިންނެވެ. އަދި، 100 މީޓަރ ބެކްސްޓްރޯކް ފަތާފައިވަނީ 01.03.02 އިންނެވެ. މީގެތެރެއިން 100 މީޓަރ ބެކްކްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އައުކޮށްފައިވަނީވެސް އިމްޢާން އެވެ. އެއީ 2019 ވަނަ އަހަރު ނޭޕާލްގައި ބޭއްވުނު 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި 01.05.26 އިން ރޭސް ފުރިހަމަކޮށްގެންނެވެ. 400 މީޓަރ ފްރީސްޓައިލް އިވެންޓްގެ ޤައުމީ ރެކޯރޑް ކުރިން ހޯލްޑްކޮށްފައިވަނީ މުބާލް އައްޒާމް އިބްރާޙީމެވެ. އެއީ ހަމަ އެ މުބާރާތުގައި 04.40.28 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

އިމްޢާންގެ ފަރިތަކުރުންތައް ކުރިއަށް ގެންދަނީ، ފީނާ ޓްރެއިނިންގ ސްކޮލަރޝިޕްގައި ރަޝިޔާގެ ކަޒާންގައި ހުންނަ ފީނާ ޑިވެލޮޕްމަންޓް ސެންޓަރުގައެވެ.

މި މުބާރާތް ކުރިއަށް ގެންދަނީ އުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫ ދާބީގައި މި މަހުގެ 16 އިން 21 އަށެވެ.


our sponsors and partners

ޝޯރޓްކޯސް 2 އިވެންޓެއްގެ ޤައުމީ ރެކޯރޑް އިމްޢާން އައުކޮށްފި