އަބޫ ދާބީ ގައި މިހާރު ކުރިއަށްދާ 15 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި ހަމްނާ އަޙްމަދު ޢަލީ ޤައުމީ 2 ރެކޯރޑެއް އައުކޮށްފިއެވެ.
ހަމްނާ އައުކޮށްފައިވަނީ ވުމެންސް ޝޯރޓްކޯސް 50 މީޓަރ ބެކްސްޓްރޯކްގެ ޤައުމީ ރެކޯޑް އަދި 100 މީޓަރ އިންޑިވިޖުއަލް މެޑްލޭގެ ޤައުމީ ރެކޯރޑެވެ. މި މުބާރާތުގައި ހަމްނާ 50 މީޓަރ ބެކްސްޓްރޯކް ފަތާފައިވަނީ 00.32.78 އިންނެވެ. އަދި، 100 މީޓަރ އިންޑިވިޖުއަލް މެޑްލޭ ފަތާފައިވަނީ 01.15.82 އިންނެވެ. މީގެތެރެއިން 50 މީޓަރ ބެކްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް ކުރިން ހޯލްޑްކޮށްފައިވަނީ އައިޝަތު ސައުސަން އެވެ. އެއީ 2019 ވަނަ އަހަރު ބޭއްވުނު 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި 00.33.89 އިން ރޭސް ފުރިހަމަކޮށްގެންނެވެ. 100 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ޤައުމީ ރެކޯރޑް މީގެ ކުރިން ހޯލްޑްކޮށްފައިވަނީ އާމިނަތު ރޫޔާ ޙުސައިންނެވެ. މީގެ 15 އަހަރު ކުރިން 2005 ވަނަ އަހަރު ބޭއްވުނު ފުރަތަމަ އޭޝިއަން އިންޑޯރ ގޭމްސްގައި ރޫޔާ ރޭސް ފުރިހަމަ ކޮށްފައިވަނީ 01.19.76 އިންނެވެ.
މި މުބާރާތް ކުރިއަށް ގެންދަނީ އުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫ ދާބީގައި މި މަހުގެ 16 އިން 21 އަށެވެ.
our sponsors and partners