ޝޯރޓްކޯސް 100 މީޓަރ އަދި 200 މީޓަރ ބެކްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް ސައުސަން އައުކޮށްފި

އަބޫ ދާބީ ގައި މިހާރު ކުރިއަށްދާ 15 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި ޤައުމީ 2 ރެކޯރޑެއް އާއިޝަތު ސައުސަން އައުކޮށްފިއެވެ.

ސައުސަން މި މުބާރާތުގައި ޤައުމީ ރެކޯރޑް ވިމެންސް އައުކޯށްފައިވަނީ ޝޯރޓް ކޯސް 100 މީޓަރ ބެކްސްޓްރޯކް އަދި 200 މީޓަރ ބެކްސްޓްރޯކް އިވެންޓުންނެވެ. ބެކްސްޓްރޯކްގެ 100 މީޓަރުގެ އިވެންޓް ސައުސަން ފުރިހަމަކޮށްފައިވަނީ 01.14.03 އިންނެވެ. އަދި، 200 މީޓަރ ބެކްސްޓްރޯކް އިވެންޓު ފުރިހަމަކޮށްފައިވަނީ 02.43.61 އިންނެވެ. މި އިވެންޓުތަކުގެ ޤައުމީ ރެކޯރޑް ކުރިންވެސް ހޯލްޑްކޮށްފައިވަނީ ސައުސަން އެވެ. އެއީ، 2019 ވަނަ އަހަރު ބޭއްވުނު 13 ވަނަ ސައުތު އޭޝިއަން ގޭމްސްގައި ވާދަކޮށް، 100 މީޓަރ ބެކްސްޓްރޯކް އިވެންޓް 01.15.76 އިން އަދި 200 މީޓަރ ބެކްސްޓްރޯކް އިވެންޓް 02.52.37 އިން ފުރިހަމަ ކޮށްގެންނެވެ.

މި މުބާރާތް ކުރިއަށް ގެންދަނީ އުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫ ދާބީގައި މި މަހުގެ 16 އިން 21 އަށެވެ.


our sponsors and partners

ޝޯރޓްކޯސް 100 މީޓަރ އަދި 200 މީޓަރ ބެކްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް ސައުސަން އައުކޮށްފި