ޝޯރޓްކޯސް މިކްސްޑް 2 ރިލޭގެއެއްގެ ޤައުމީ ރެކޯރޑް އައުކޮށްފި

އަބޫ ދާބީ ގައި މިހާރު ކުރިއަށްދާ 15 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައި 2 ރިލޭއެއްގެ ޤައުމީ ރެކޯރޑް ދިވެހި ފެތުންތެރިން އައުކޮށްފިއެވެ.

ހަމްނާ އަޙްމަދު، އާއިޝަތު ސައުސަން، އިމްޢާން ޢަލީ އަދި މުޙައްމަދު ޢާން ޙުސައިން ވަނީ ދިވެހިރާއްޖެ ތަމްޞީލްކޮށް، 4 ގުނަ 50 މީޓަރ މިކްސްޑް މެޑްލޭ ރިލޭ އިވެންޓް 02.05.97 އިން އަދި 4 ގުނަ 50 މީޓަރ މިކްސްޑް ފްރީސްޓައިލް ރިލޭ އިވެންޓް 01.50.76 އިން ފުރިހަމަކޮށް، މި ދެޤައުމީ ރެކޯރޑް އައުކޮށްފައެވެ.

މިއިވެންޓް އެންމެ ފުރަތަމަ ފަތާފައިވަނީ 2018 ވަނަ އަހަރު ބޭއްވުނު 14 ވަނަ ފީނާ ވޯލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް (25 މީޓަރ) ގައެވެ. އެފަހަރު ޓީމުގައި ހިމެނުނީ، ހަމްނާ އަޙްމަދު، އައިޝަތު ސައުސަން، އިމްޢާން ޢަލީ ގެ އިތުރުން މުބާލް އައްޒާމް އިބްރާޙީމެވެ. އެފަހަރު 4 ގުނަ 50 މީޓަރ މިކްސްޑް މެޑްލޭ ރިލޭ އިވެންޓް ނިންމާފައިވަނީ 02.14.46 އިންނެވެ. އަދި 4 ގުނަ 50 މީޓަރ މިކްސްޑް ފްރީސްޓައިލް ރިލޭ އިވެންޓް ނިންމާފައިވަނީ 01.57.70 އިންނެވެ.

އުނައިޓެޑް އަރަބް އެމިރޭޓްސްގެ އަބޫ ދާބީގައި މި މަހުގެ 16 އިން 21 ކުރިއަށް ދާ މި މުބާރާތުގައި ވާދަކުރި ދިވެހި ފެތުންތެރިން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ 22 ޑިސެމްބަރ 2021 ގައެވެ.


our sponsors and partners

ޝޯރޓްކޯސް މިކްސްޑް 2 ރިލޭގެއެއްގެ ޤައުމީ ރެކޯރޑް އައުކޮށްފި