އަހަރީ ޢާއްމު ޖަލްސާ 2022 ގެ ނޯޓިސް

މިއެސޯސިއޭޝަންގެ 2022 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ 19 މާރިޗް 2022 ވާ ހޮނިހިރު ދުވަހު އޮންލައިންކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިރީގައި އެވަނީ އަހަރީ ޢާއްމު ޖަލްސާގެ އެޖެންޑާއެވެ. މި ޖަލްސާ އޮންނާނެ ގަޑިއާއި އެޖެންޑާއަށް ގެނެވޭ ބަދަލެއްވާނަމަ އެކަން ޖަލްސާ ފެށުމުގެ މަދުވެގެން 7 ދުވަސްކުރިން މެންބަރުންނަށް އަންގާނެވާހަކަ ދަންނަވަމެވެ.

ޖަލްސާގެ އެޖެންޑާ:

  1. ހާޒިރީ އަދި ރޯލްކޯލް
  2. ކީރިތި ޤުރުއާން ކިޔެވުން
  3. މަރުޙަބާ ދެންނެވުމާއި 2021 އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުމާއި ފާސްކުރުން.
  4. 2021 ވަނަ އަހަރުގެ ޚަރަދު ރިޕޯރޓް ހުށަހެޅުން.
  5. 2022 ވަނަ އަހަރު ހިންގާނެ ޙަރަކާތްތައް ހުށަހެޅުން.
  6. 2022 ވަނަ އަހަރަށް ލަފާކުރެވިފައިވާ ބަޖެޓް ހުށަހަޅައި ފާސްކުރުން.
  7. މެންބަރުންގެ އިތުރު ޚިޔާލު.

މިޖަލްސާގައި ބައިވެރިވެވޭނީ އެސޯސިއޭޝަންގެ ހިންގާ ޤަވާޢިދުގެ 13 ވަނަ މައްދާގެ (ށ) ގައި ބަޔާންކުރާ އުޞޫލުތަކާ އެއްގޮތަށް އެސޯސިއޭޝަންގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރީވެ، ހިންގާ ޤަވާޢިދުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެންބަރޝިޕްފީ ދައްކާފައިވާ މެންބަރުންނަށެވެ. މިހާތަނަށް މެންބަރޝިޕްފީ ނުދައްކާ މެންބަރުންގެ ތެރެއިން މިއަހަރުގެ އަހަރީ ޢާއްމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ މެންބަރުން މެންބަރޝިޕްފީ ދެއްކުމުގެ އެންމެފަހު ތާރީޚަކީ 17 މާރިޗް 2022 ވާ ބުރާސްފަތި ދުވަހު 14:00 ކަމުގައި ދަންނަވަމެވެ.

ވީމާ، މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންގެ މަޢުލޫމާތައްޓަކައި މިވާހަކަ ދަންނަވެމެވެ.


our sponsors and partners

އަހަރީ ޢާއްމު ޖަލްސާ 2022 ގެ ނޯޓިސް