އަހަރީ އާންމު ޖަލްސާ 2022 އޮންނާނެ ތަނާއި ވަގުތު

މިއެސޯސިއޭޝަންގެ 2022 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ 19 މާރިޗް 2022 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 ގައި އޮންލައިންކޮށް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިރީގައި އެވަނީ އަހަރީ ޢާއްމު ޖަލްސާގެ އެޖެންޑާއެވެ.

ޖަލްސާގެ އެޖެންޑާ:

  1. ހާޒިރީ އަދި ރޯލްކޯލް
  2. ކީރިތި ޤުރުއާން ކިޔެވުން
  3. މަރުޙަބާ ދެންނެވުމާއި 2021 އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުމާއި ފާސްކުރުން.
  4. 2021 ވަނަ އަހަރުގެ ޚަރަދު ރިޕޯރޓް ހުށަހެޅުން.
  5. 2022 ވަނަ އަހަރު ހިންގާނެ ޙަރަކާތްތައް ހުށަހެޅުން.
  6. 2022 ވަނަ އަހަރަށް ލަފާކުރެވިފައިވާ ބަޖެޓް ހުށަހަޅައި ފާސްކުރުން.
  7. މެންބަރުންގެ އިތުރު ޚިޔާލު.

މިޖަލްސާގައި ބައިވެރިވެވޭނީ އެސޯސިއޭޝަންގެ ހިންގާ ޤަވާޢިދުގެ 13 ވަނަ މައްދާގެ (ށ) ގައި ބަޔާންކުރާ އުޞޫލުތަކާ އެއްގޮތަށް އެސޯސިއޭޝަންގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރީވެ، ހިންގާ ޤަވާޢިދުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެންބަރޝިޕްފީ ދައްކާފައިވާ މެންބަރުންނަށެވެ. މިހާތަނަށް މެންބަރޝިޕްފީ ނުދައްކާ މެންބަރުންގެ ތެރެއިން މިއަހަރުގެ އަހަރީ ޢާއްމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ މެންބަރުން މެންބަރޝިޕްފީ ދެއްކުމުގެ އެންމެފަހު ތާރީޚަކީ 17 މާރިޗް 2022 ވާ ބުރާސްފަތި ދުވަހު 14:00 ކަމުގައި ދަންނަވަމެވެ. އަދި، މިވަގުތުގެ ކުރިން، މެންބަރޝިޕް ފައިސާ ދެއްކުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.

މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންގެ މަޢުލޫމާތައްޓަކައި މިވާހަކަ ދަންނަވެމެވެ.


our sponsors and partners

އަހަރީ އާންމު ޖަލްސާ 2022 އޮންނާނެ ތަނާއި ވަގުތު