ސަތޭކަ މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އާން އައުކޮށްފި

aan

ފިރިހެނުންގެ (ލޯންގ ކޯސް) 100 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު އާން ޙުސައިން އައުކޮށްފިއެވެ. ހަންގޭރީގެ ބުޑަޕެސްޓްގައި މިހާރު ހިނގަމުންދާ 19 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި އާން މި ރެކޯރޑް އައުކޮށްފައިވަނީ 01.05.77 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ. މިއީ 3.30 ސިކުންތުގެ ކުރިއެރުމެކެވެ.

މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައި ވަނީ، 2021 ވަނަ އަހަރު ބޭއްވުނު ގޯލްޑަން އޮރލާންޑޯ އިވެންޓްގައި ޢަލީ އިމްޢާން އެވެ. އެ ފަހަރު 100 ބެކްސްޓްރޯކް އިވެންޓް އިމްޢާން ނިންމާފައިވަނީ 01.09.07 އިންނެވެ.


our sponsors and partners

ސަތޭކަ މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އާން އައުކޮށްފި