ދުއިސައްތަ މީޓަރ އަދި ސަތޭކަ މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ސައުސަން އައުކޮށްފި

sausan

އަންހެނުންގެ (ލޯންގ ކޯސް) 100 މީޓަރު އަދި 200 މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް އައިޝަތު ސައުސަން އައުކޮށްފިއެވެ.

ހަންގޭރީގެ ބުޑަޕެސްޓްގައި މިހާރު ހިނގަމުންދާ 19 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި ސައުސަން 100 މީޓަރ ބެކްސްޓްރޯކްގެ ޤައުމީ ރެކޯރޑް އައުކޮށްފައިވަނީ 01.18.58 އިން މެޑްލޭ ރިލޭ އިވެންޓްގައި 100 މީޓަރ ބެކްސްޓްރޯކް ގެ ލެންތު ފުރިހަމަކޮށްގެންނެވެ. 200 މީޓަރ ބެކްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް އައުކޮށްފައިވަނީ 02.53.55 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

100 މީޓަރ ބެކްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ ވެސް ސައުސަން އެވެ. އެއީ ހަމަ މި މުބާރާތުގައި މިދިޔަ އާދީއްތަ ދުވަހު 01.18.76 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

200 މީޓަރ ބެކްސްޓްރޯކް އިވެންޓްގެ ޤައުމީ ރެކޯރޑްވެސް އެންމެ ފަހުން އައުކޮށްފައިވަނީ ސައުސަން އެވެ. އެއީ 2018 ވަނަ އަހަރު ބޭއްވި 18 ވަނަ އޭޝިއަން ގޭމްސްގައި 02.57.90 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މިއީ 4.35 ސިކުންތުގެ ކުރިއެރުމެކެވެ.

މި މުބާރާތުގައި މިހާތަނަށް ސައުސަން ވަނީ 3 ޤައުމީ ރެކޯރޑެއް އައުކޮށްފައެވެ. އަދި ދިވެހި ޓީމުން ވަނީ 7 ޤައުމީ ރެކޯރޑެއް އައުކޮށްފައެވެ.


our sponsors and partners

ދުއިސައްތަ މީޓަރ އަދި ސަތޭކަ މީޓަރ ބެކްސްޓްރޯކް އިވެންޓުގެ ޤައުމީ ރެކޯރޑް ސައުސަން އައުކޮށްފި