ސަތޭކަ މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އާން އައުކޮށްފި

aan

ފިރިހެނުންގެ (ލޯންގ ކޯސް) 100 މީޓަރު ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު އާން ޙުސައިން އައުކޮށްފިއެވެ.

ހަންގޭރީގެ ބުޑަޕެސްޓްގައި މިހާރު ހިނގަމުންދާ 19 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި އާން މިޤައުމީ ރެކޯރޑް އައުކޮށްފައިވަނީ ފްރީސްޓައިލް ރިލޭ އިވެންޓްގައި 100 މީޓަރ ލެންތު 00.56.96 އިން ފުރިހަމަކޮށްގެންނެވެ.

100 މީޓަރ ފްރީސްޓައިލް އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އައުކޮށްފައިވަނީ މީގެ 10 އަހަރު ކުރިން ބޭއްވުނު ލަންޑަން 2012 އޮލިމްޕިކް ގޭމްސްގައި އަޙްމަދު ހުސާމެވެ. އެފަހަރު 100 މީޓަރ ފްރީސްޓައިލް އިވެންޓް ހުސާމް ފުރިހަމަކޮށްފައިވަނީ 00.57.53 އިންނެވެ.

މި މުބާރާތުގައި މިހާތަނަށް އާން ވަނީ 3 ޤައުމީ ރެކޯރޑެއް އައުކޮށްފައެވެ.


our sponsors and partners

ސަތޭކަ މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އާން އައުކޮށްފި