ޤައުމީ 3 ރެކޯރޑެއް އާން އައުކޮށްފި

aan

ފިރިހެނުންގެ (ލޯންގކޯސް) 50 މީޓަރ ފްރީސްޓައިލް، 100 މީޓަރ ފްރީސްޓައިލް އަދި 100 މީޓަރ ބަޓަރފްލައި އިވެންޓްގެ ޤައުމީ ރެކޯރޑް މުޙައްމަދު އާން ޙުސައިން އައުކޮށްފިއެވެ. ޔުނައިޓެޑް ކިންގްޑޮމްގެ ބަރމިންގހަމްގައި މިހާރު ކުރިއަށްދާ 22 ވަނަ ކޮމަންވެލްތު ގޭމްސް ގައި އާން މި ރެކޯރޑް އައުކޮށްފައިވަނީ 50 މީޓަރ ފްރީސްޓައިލް އިވެންޓް 00.24.82 އިން، 100 މީޓަރ ފްރީސްޓައިލް އިވެންޓް 00.55.59 އިން އަދި 100 މީޓަރ ބަޓަރފްލައި އިވެންޓް 01.03.35 އިން ފުރިހަމަކޮށްގެންނެވެ

100 މީޓަރ ބަޓަރފްލައި އިވެންޓްގެ ރެކޯރޑް އެންމެ ފަހުން އޮތީ މުޙައްމަދު ރިޙާން ޝިޙާމް އަތުގައެވެ. އެއީ ހަމަ މިމުބާރާތުގެ މިއިވެންޓުގެ ފުރަތަމަ ހީޓްގައި 01.05.12 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

100 މީޓަރ ފްރީސްޓައިލް އިވެންޓް އެންމެފަހުން އައުކޮށްފައިވަނީވެސް އާން އެވެ. އެއީ، މިދިޔަ ޖޫންމަހު ބޭއްވުނު 19 ވަނަ ފީނާ ވޯރލްޑް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި 00.55.49 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓްތަކުގެ ތެރެއިން 50 މީޓަރ ފްރީސްޓައިލް އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެ ފަހުން އައުކޮށްފައިވަނީ މީގެ 7 އަހަރުކުރިން، 2015 ގައި ބޭއްވުނު 16 ވަނަ ފީނާ ވޯރލްޑް ޗެމްޕިއަންޝިޕްސްގައި ނިޝްވާން އިބްރާޙީމެވެ. އެފަހަރު ނިޝްވާން އިވެންޓް ފުރިހަމަކޮށްފައިވަނީ 00.26.27 އިންނެވެ.


our sponsors and partners

ޤައުމީ 3 ރެކޯރޑެއް އާން އައުކޮށްފި