ދުއިސައްތަ މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ޤައުމީ ރެކޯރޑް މުބާލް އައުކޮށްފި

mubal

ފިރިހެނުންގެ (ލޯންގކޯސް) 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ޤައުމީ ރެކޯރޑް މުބާލް ޢައްޒާމް އިބްރާޙީމް އައުކޮށްފިއެވެ. ޔުނައިޓެޑް ކިންގްޑޮމްގެ ބަރމިންގހަމްގައި މިހާރު ކުރިއަށްދާ 22 ވަނަ ކޮމަންވެލްތު ގޭމްސް ގައި މުބާލް މި ރެކޯރޑް އައުކޮށްފައިވަނީ 02.23.69 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ. މިއީ 9.18 ސިކުންތުގެ ކުރިއެރުމެކެވެ.

މި އިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީވެސް މުބާލް އެވެ. އެއީ، 2018 ވަނަ އަހަރު ބޭއްވުނު 18 ވަނަ އޭޝިއަން ގޭމްސްގައި 02.32.87 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މިމުބާރާތުގައި ދިވެހި ފެތުންތެރިން ވަނީ ޖުމްލަ 7 ޤައުމީ ރެކޯރޑެއް އައުކޮށްފައެވެ.


our sponsors and partners

ދުއިސައްތަ މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓްގެ ޤައުމީ ރެކޯރޑް މުބާލް އައުކޮށްފި