ހަތަރެއް ގުނަ ސަތޭކަ މީޓަރ ފްރީސްޓައިލް ރިލޭގެ ޤައުމީ ރެކޯރޑް ފިރިހެން ޓީމުން އައުކޮށްފި

men’s team

މިހާރު ކުރިއަށްދާ 5 ވަނަ އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި، ފިރިހެނުންގެ (ލޯންގކޯސް) 4 ގުނަ 100 މީޓަރ ފްރީސްޓައިލް ރިލޭގެ ޤައުމީ ރެކޯރޑް އައުކޮށްފިއެވެ. މިރެކޯރޑް ދިވެހި ފިރިހެން ޓީމް އައުކޮށްފައިވަނީ 04.01.23 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ. މިއީ 8.89 ސިކުންތުގެ ކުރިއެރުމެކެވެ.

ރެކޯރޑް އައުކުރި ޓީމްގައި ހިމެނެނީ، އަބްދުﷲ ނާވީ އަޙްމަދު، އިބްރާޙީމް މައިޝާން ޝަމީމް، ޢަލީ އިމްޢާން އަދި ޙުސައިން ހާއިޝް ޙަސަން އެވެ.

މިއިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ 2018 ވަނަ އަހަރު ބޭއްވުނު އޭޝިއަން ގޭމްސްގައި 04.10.12 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ. އެފަހަރު ރެކޯރޑް އައުކުރި ޓީމުގައި ހިމެނެނީ މުބާލް ޢައްޒާމް އިބްރާޙީމް، ޢަލީ އިމްޢާން، ހުސައިން ހާއިޝް ޙަސަން އަދި ޙަސަން އަޝްރަފް އެވެ.


our sponsors and partners

ހަތަރެއް ގުނަ ސަތޭކަ މީޓަރ ފްރީސްޓައިލް ރިލޭގެ ޤައުމީ ރެކޯރޑް ފިރިހެން ޓީމުން އައުކޮށްފި