ފަންސާސް މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް އާން އައުކޮށްފި

aan

8 ވަނަ ފީނާ ޖޫނިއަރ ވޯލްޑް ޗެމްޕިއަންޝިޕްސްގައި ފިރިހެނުންގެ (ލޯންގކޯސް) 50 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު އާން ޙުސައިން އައުކޮށްފިއެވެ. މިރެކޯރޑް އާން އައުކޮށްފައިވަނީ 27.25 ސިކުންތުން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މިއިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ 2015 ވަނަ އަހަރު ބޭއްވުނު 16 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސްގައި 50 މީޓަރ ބަޓަރފްލައި އިވެންޓް 27.42 ސިކުންތުން ފުރިހަމަކޮށްގެން، ނިޝްވާން އިބްރާޙީމެވެ.


our sponsors and partners

ފަންސާސް މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް އާން އައުކޮށްފި