ދުއިސައްތަ މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް ރިހާން އައުކޮށްފި

rihan

8 ވަނަ ފީނާ ޖޫނިއަރ ވޯލްޑް ޗެމްޕިއަންޝިޕްސްގައި ފިރިހެނުންގެ (ލޯންގކޯސް) 200 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު ރިޙާން ޝިހާމް އައުކޮށްފިއެވެ. މިރެކޯރޑް ރިޙާން އައުކޮށްފައިވަނީ 02.34.77 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މިއިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ މުބާލް އައްޒާމް އިބްރާޙީމެވެ. އެއީ، މިއަހަރު ޖޫން މަހު ބޭއްވުނު 19 ވަނަ ފީނާ ވޯލްޑް ޗެމްޕިއަންޝިޕްސްގައި 200 ބަޓަރފްލައި އިވެންޓް 02.36.74 އިން ފުރިހަމަކޮށްގެނެވެ.


our sponsors and partners

ދުއިސައްތަ މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް ރިހާން އައުކޮށްފި