ބީ.އެމް.އެލް އިންޓަރ ސްކޫލް 18 ވަނަ ފެތުމުގެ މުބާރާތުގެ ޖޫނިއަރ އަދި ސީނިއަރ ބައިގެ ޗެމްޕިއަންކަން ޤިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލަށް

senior group swimmers of gis

ބީ.އެމް.އެލް ސްކޫލް ކުދިންގެ 18 ވަނަ ފެތުމުގެ މުބާރާތުގެ ޖޫނިއަރ އަދި ސީނިއަރ ބައިގެ ޗެމްޕިއަންކަން ޤިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލުން ހޯދައިފިއެވެ. އޮގަސްޓުމަހުގެ 30 ން ސެޕްޓެމްބަރ މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްދިޔް މި މުބާރާތުގެ އަަންހެން ކުދިންގެ ޖޫނިއަރ އޭ ކެޓަގަރީ، ޖޫނިއަރ ބީ ކެޓަގަރީ ސީނިއަރ އޭ ކެޓަގަރީ، ސީނިއަރ ބީ ކެޓަގަރީ އަދި ފިރިހެންކުދިންގެ ޖޫނިއަރ ބީ ކެޓަގަރީގެ ޗެމްޕިއަންކަންވެސް ގެންގޮސްފައި ވަނީ ޤިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލުންނެވެ.

ފިރިހެންކުދިންގެ ޖޫނިއަރ އޭ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދާފައިވަނީ ފިންލޭންޑް އިންޓަނޭޝަނަލް ސްކޫލް މޯލްޑިވްސް އެވެ. ފިރިހެންކުދިންގެ ސީނިއަރ އޭ ކެޓަގަރީގެ ޗެމްޕިއަންކަން ތާޖުއްދީން ސްކޫލުން ހޯދިއިރު، އިމާދުއްދީން ސްކޫލުންވަނީ ފިރިހެންކުދިންގެ ސީނިއަރ ބީ ކެޓަގަރީއިން ޗެމްޕިއަންކަން ހޯދާފައެވެ. ފިރިހެންކުދިންގެ ސީނިއަރ ސީ ކެޓަގަރީއިން އެއްވަނަ ހޯދައިފައި ވަނީ ސެންޓަރ ފޮރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަނުންނެވެ.

މިމުބާރާތާއިއެކު ސެޕްޓެމްބަރމަހުގެ 7 ން 10 ވަނަ ދުވަހުގެ ނިޔަލަށް، ތުއްތުކުދިންނަށް ޚާއްސަކޮށްގެން ބޭއްވުނު ފެސްޓިވަލްގައި، އަންހެންކުދިންގެ ކިޑްސް ބީ ކެޓަގަރީގެ ޗެމްޕިއަންކަން ރެހެންދި ސްކޫލުން ވަނީ ހޯދާފައެވެ. ފިރިހެންކުދިންގެ ކިޑްސް ބީ ކެޓަގަރީގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޤިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލުންނެވެ.

އަންހެންކުދިންގެ ކިޑްސް ސީ ކެޓަގަރީގެ ޗެމްޕިއަންކަން ކަލާފާނު ސްކޫލުން ހޯދާފައިވާއިރު، މި ކެޓަގަރީގެ ފިރިހެންކުދިންގެ ބައިގެ ޗެމްޕިއަންކަން ހޯދައިފައިވަނީ އިސްކަންދަރު ސްކޫލުންނެވެ.

މިފަހަރުގެ ސްކޫލުކުދިންގެ ފެތުމުގެ މުބާރާތުގައި ޖުމްލަ 823 ފެތުންތެރިން ވަނީ ބައިވެރިވެފައެވެ.

All Results & Details:


our sponsors and partners

ބީ.އެމް.އެލް އިންޓަރ ސްކޫލް 18 ވަނަ ފެތުމުގެ މުބާރާތުގެ ޖޫނިއަރ އަދި ސީނިއަރ ބައިގެ ޗެމްޕިއަންކަން ޤިޔާޘުއްދީން އިންޓަނޭޝަނަލް ސްކޫލަށް