bandarawela
2022 ވަނަ އަހަރު ސްރީލަންކާގެ ނެޝަނަލް އޮލިމްޕިކް އެކަޑަމީ އިން އިންތިޒާމް ކޮށްގެން ސްރީލަންކާގެ ބަންޑާރަވެލާގައި ބޭއްވުމަށް ހަމަޖެހިފައިވާ 18 ވަނަ ނެޝަނަލް އޮލިމްޕިކް އެކަޑަމީ ސެޝަން 2022 ގައި ބައިވެރިވުމަށް ދިވެހިރާއްޖެއިން ފޮނުވާ 1 އަންހެން އަދި 1 ފިރިހެން ބައިވެރިންނަށް ނަންހުށަހުށަހެޅުމުގެ ފުރުޞަތު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ވަނީ އެކޮމިޓީގައި އެފިލިއޭޓް ވެފައިވާ ކުޅިވަރު އެސޯސިއޭޝަންތަކަށް ހުޅުވާލާފައެވެ.
މިސެޝަނުގައި ބައިވެރިވާ 1 އަންހެން އަދި 1 ފިރިހެން ބޭފުޅުން ހޮވާނީ ކުޅިވަރު އެސޯސިއޭޝަންތަކުންނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިން ހުށަހަޅާ ނަންތަކުގެތެރެއިން އެބޭފުޅެއްގެ ވަނަވަރާއި އިންޓަވިއުއަށް ބެލުމަށްފަހު މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއިންނެވެ.
ވީމާ، މިސެޝަނުގައި ބައިވެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 26 އޮކްޓޫބަރ 2022 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން މިކަމަށް އެދި މިއެސޯސިއޭޝަނަށް ސިޓީ އާއި ސިޓީއާއިއެކު ހުށަހަޅަންޖެހޭ ލިޔުންތައް އީމެއިލް މެދުވެރިކޮށް (info@swimming.org.mv) ހުށަހެޅުމަށް ދަންނަވަމެވެ.
ސެޝަނުގެ މަޢުލޫމާތު:
- ސެޝަނުގެ ނަން: 18 ވަނަ ނެޝަނަލް އޮލިމްޕިކް އެކަޑަމީ ސެޝަން 2022 (ސްރީލަންކާ)
ބޭއްވޭ ތަން: ބަންޑާރަވެލަ (ސްރީލަންކާ)
ބޭއްވޭޭ ތާރީޚް: 01 އިން 05 ޑިސެމްބަރ 2022
މިސެޝަނުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން ހުށަހަޅަންޖެހޭ ލިޔުންތައް:
- މިސެޝަނުގައި ބައިވެރުވުމަށް އެދި ހުށަހަޅާ ސިޓީ.
- އެބޭފުޅެއްގެ ވަނަވަރު.
- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
- ޕާސްޕޯޓް ކޮޕީ (30 ޖޫން 2023 ގެ ނިޔަލަށް މުއްދަތުހަމަނުވާ).
މި ސެޝަނުގައި ބައިވެރިވުމަށް މިއެސޯސިއޭޝަނަށް ހުށަހަޅާ ނަންތަކުގައި އަންނަނިވި ޝަރުތުތައް ފުރިހަމަވާންވާނެއެވެ.
- 20 އަހަރާއި 30 އަހަރާއި ދެމެދުގެ އުމުރުގެ ބޭފުޅެއްކަމުގައިވުން.
- މިއެސޯސިއޭޝަނުގެ މެންބަރެއް ކަމުގައިވުން ނުވަތަ މިއެސޯސިއޭޝަނުގެ ވަގުތީ ނުވަތަ ދާއިމީ ވަޒީފާއެއްގައި ހުރި މީހެއްކަމުގައިވުން.
- އިނގިރޭސިން ރަނގަޅަށް ލިޔަން ކިޔަން އަދި ވާހަކަދައްކަން އިނގޭ މީހެއްކަމުގައިވުން.
- އިންޓަނޭޝަނަލް އޮލިމްޕިކް އެކަޑަމީގެ ޔަންގ ޕާރޓިސިޕަންޓްސް ސެޝަންގައި ބައިވެރިވެފައިވާ ފަރާތެއްކަމުގައިނުވުން.
- ދިވެހިރައްޔިތެއް ކަމުގައިވުން.
މިއެސޯސިއޭޝަނުން ފޮނުވާ ނަންތައް ފޮނުވުމުގައި އަންނަނިވި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
- ބައިނަލްއަޤްވާމީ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްޞީލްކޮށްފައިވާ މީހުން.
- މީގެކުރިން މި ސެޝަނުގައި ނުވަތަ މިފަދަ ސެޝަނެއްގައި ބައިވެރިވެފައިނުވާ މީހުން.
- ސްވިމިންގ އެސޯސިއޭޝަނުގެ ޚަރަކާތްތަކުގައި އެކްޓިވްކޮށް ޚަރަކާތްތެރިވާ މީހުން.
- ސްވިމިންގ އެސޯސިއޭޝަނުގައި ވަޒީފާ އަދާކުރަމުންދާ މީހުން.
our sponsors and partners