ހަތަރުސަތޭކަ މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް ޢީން އައުކޮށްފި

een

އަންހެނުންގެ (ޝޯރޓް ކޯސް) 400 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް ޢީން އައްބާސް ޝަރީފް އައުކޮށްފިއެވެ. މިރެކޯރޑް ޢީން އައުކޮށްފައިވަނީ ތައިލަންޑްގައި ކުރިއަށްދިޔަ ތައިލަންޑް އޭޖްގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސް (25މީޓަރ) 2022 ގައި 05.29.88 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.

މި އިވެންޓް ދިވެހި ފެތުންތެރިއަކު އެންމެފުރަތަމަ ފަތާފައިވަނީ 2021 ވަނަ އަހަރު ބޭއްވުނު ތައިލަންޑް ސްވިމިންގ އެސޯސިއޭޝަން – އޭ.އެމް.އައި.ޖީ ސްވިމް ޓްރައިލްސްގައި ޢީންއެވެ. އެ ޓްރަޔަލްސްގައި ޢީން ރޭސް ފުރިހަމަކޮށްފައިވަނީ 05.49.74 އިންނެވެ.


our sponsors and partners

ހަތަރުސަތޭކަ މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް ޢީން އައުކޮށްފި