ސާދަ ޓީމާއެކު ބީ.އެމް.އެލް ޤައުމީ 46 ވަނަ ފެތުމުގެ މުބާރާތް ފަށައިފި

(photo by: bml)

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމުކޮށްގެން ބާއްވާ، ބީ. އެމް. އެލް 46 ވަނަ ޤައުމީ ފެތުމުގެ މުބާރާތް ފަށައިފިއެވެ.

ހުޅުމާލޭ މިނީ ކޮންޕްލެކްސް ސްވިމިންގ ޕޫލުގައި ކުރިޔަށްދާ މިމުބާރާތުގައި ޖުމުލަ 14 ޓީމެއް ވާދަކުރެއެވެ. އެއީ ފިރިހެން 8 ޓީމާ އަންހެން 6 ޓީމެވެ.

ޓީމުތަކުގެ އިތުރުން ވަކި ވަކި ފެތުންތެރިންނަށްވެސް ވާދަކުރެވޭގޮތަށް ހުޅުވާލައިގެން ކުރިޔަށް ގެންދާ މިމުބާރާތުގައި ޖުމުލަ 257 ފެތުންތެރިން ވާދަކުރެއެވެ. އެއީ ޖޫނިއަރ ކެޓަގަރީގައި 93 ފެތުންތެރިންނާ، ސީނިއަރ ކެޓަގަރީގައި 115 ފެތުންތެރިންނާ މާސްޓާސް ކެޓަގަރީގައި 34 ފެތުންތެރިންގެ އިތުރުން އެލީޓް އެތުލީޓް ވިތު ޑިސްއެބިލިޓީޒް ނުވަތަ އީ.އޭ.ޑީ ކެޓަގަރީގައި 15 ފެތުންތެރިންނެވެ.

މިމަހުގެ 19 އިން 25 ގެމުއްދަތަށް ކުރިޔަށްދާ މިމުބާރާތުގައި އެކިއެކި އިވެންޓްތަކުން ހީޓް އަދި ފައިނަލް ހިމެނޭގޮތަށް 500 އަށްވުރެ ގިނަ އިވެންޓް ކުރިޔަށް ގެންދެވޭނެއެވެ.

ބޭންކް އޮފް މޯލްޑިވްސްގެ ސްޕޮންސަރގެ ދަށުން ކުރިޔަށްގެންދާ މިމުބާރާތުގެ އިވެންޓުތައް ހުޅުމާލޭ ސްވިމިންގ ޕޫލުގައި ކުރިޔަށްދާނީ ކޮންމެ ދުވަހެއްގެ ހަވީރު 16:00 ން 21:00 ށެވެ.


our sponsors and partners

ސާދަ ޓީމާއެކު ބީ.އެމް.އެލް ޤައުމީ 46 ވަނަ ފެތުމުގެ މުބާރާތް ފަށައިފި