hanan
ތައިލަންޑްގައި ބޭއްވުނު ފީޑިންގ ފްރެންޒީ 2022 ފެތުމުގެ މުބާރާތުގައި އަންހެނުންގެ (ލޯންގ ކޯސް) 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް ހަނާން ޙުސައިން ޙަލީމް އައުކޮށްފިއެވެ. މިރެކޯރޑް ހަނާން އައުކޮށްފައިވަނީ 01.18.51 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.
މިއިވެންޓްގެ ޤައުމީ ރެކޯރޑް އެންމެފަހުން އައުކޮށްފައިވަނީ މިރާލް ޢައިން ލަތީފްއެވެ. އެއީ، މިއަހަރު ބޭއްވުނު 5 ވަނަ އިސްލާމިކް ސޮލިޑޭރިޓީ ގޭމްސްގައި 01.20.80 އިން އިވެންޓް ފުރިހަމަކޮށްގެންނެވެ.
our sponsors and partners