ދިގުފެތުމުގެ 2023 ވަނަ އަހަރުގެ ޤައުމީ ޗެމްޕިއަންކަން ރިޙާން އަދި ޙަމްނާ އަށް

national open water swimming champions 2023

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމްކޮށްގެން ބޭއްވި ޤައުމީ، ދިގުފެތުމުގެ 14 ވަނަ މުބާރާތުގެ ޤައުމީ ޗެމްޕިއަންކަން މުޙައްމަދު ރިޙާން ޝިހާމް އަދި ޙަމްނާ އަޙްމަދު ހޯދައިފިއެވެ.

ކުޑަގިރި ޕިކްނިކް އައިލަންޑްގެ ފަޅުތެރޭގައި ބޭއްވި މި މުބާރާތުގެ ފިރިހެނުންގެ ކެޓަގަރީގެ  ޤައުމީ ޗެމްޕިއަންކަން ރިޙާން ހޯދިއިރު، ދެވަނަ ހޯދައިފައި ވަނީ ވޭތުވެދިޔަ މުބާރާތުގެ ޗެމްޕިއަން، ޢަލީ އިމްޢާން އެވެ. މިބައިގެ ތިން ވަނަ ހޯދައިފައިވަނީ އަޙްމަދު ނީޤް ނިޔާޒެވެ.

އަންހެނުންގެ ކެޓަގަރީގެ ޤައުމީ ޗެމްޕިއަންކަން ޙަމްނާ ހޯދިއިރު، ދެވަނަ ހޯދައިފައިވަނީ ޢާއިޝަތު ސައުސަން އެވެ. ތިންވަނަ ހޯދައިފައިވަނީ ފާޠިމަތު އަންޖަލް ފަޔާޟް އެވެ.

ފެބުރުވަރީ މަހުގެ 25 ވަނަދުވަހު ބޭއްވުނު މި މުބާރާތުގައި، ދިގުފެތުމުގެ ޤައުމީ ޗެމްޕިއަންކަމަށް ވާދަކުރި ފެތުންތެރިން ވަނީ 5 ކިލޯމީޓަރުގެ ރާސްތާއެއް ފުރިހަމަކޮށްފައެވެ.

Open Water Swimming National Champion Mohamed Rihan Shiham

Open Water Swimming National Champion Hamna Ahmed

ދިގުފެތުމުގެ 2023 ވަނަ އަހަރުގެ ޤައުމީ ޗެމްޕިއަންކަން ރިޙާން އަދި ޙަމްނާ އަށް