އަހަރީ އާންމުޖަލްސާ 2023 އޮންނާނެ ތަނާއި ވަގުތު

މިއެސޯސިއޭޝަންގެ 2023 ވަނަ އަހަރުގެ އަހަރީ ޢާއްމު ޖަލްސާ 30 މާރިޗް 2023 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 21:00 ގައި ހ.ބޯޅަގޭ ސެމިނަރ ރޫމް (3 ވަނަ ފްލޯރ) ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިރީގައި އެވަނީ އަހަރީ ޢާއްމު ޖަލްސާގެ އެޖެންޑާއެވެ.

ޖަލްސާގެ އެޖެންޑާ:

  1. ހާޒިރީ އަދި ރޯލްކޯލް
  2. ކީރިތި ޤުރުއާން ކިޔެވުން
  3. މަރުޙަބާ ދެންނެވުމާއި 2022 އަހަރުގެ އަހަރީ ރިޕޯޓް ހުށަހެޅުމާއި ފާސްކުރުން.
  4. 2022 ވަނަ އަހަރުގެ ޚަރަދު ރިޕޯރޓް ހުށަހެޅުން.
  5. 2023 ވަނަ އަހަރު ހިންގާނެ ޙަރަކާތްތައް ހުށަހެޅުން.
  6. 2023 ވަނަ އަހަރަށް ލަފާކުރެވިފައިވާ ބަޖެޓް ހުށަހަޅައި ފާސްކުރުން.
  7. މެންބަރުންގެ އިތުރު ޚިޔާލު.

މިޖަލްސާގައި ބައިވެރިވެވޭނީ އެސޯސިއޭޝަންގެ ހިންގާ ޤަވާޢިދުގެ 13 ވަނަ މައްދާގެ (ށ) ގައި ބަޔާންކުރާ އުޞޫލުތަކާ އެއްގޮތަށް އެސޯސިއޭޝަންގެ މެންބަރެއްގެ ގޮތުގައި ރަޖިސްޓްރީވެ، ހިންގާ ޤަވާޢިދުގެ 17 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން މެންބަރޝިޕްފީ ދައްކާފައިވާ މެންބަރުންނަށެވެ. މިހާތަނަށް މެންބަރޝިޕްފީ ނުދައްކާ މެންބަރުންގެ ތެރެއިން މިއަހަރުގެ އަހަރީ ޢާއްމު ޖަލްސާގައި ބައިވެރިވާން ބޭނުންވާ މެންބަރުން މެންބަރޝިޕްފީ ދެއްކުމުގެ އެންމެފަހު ތާރީޚަކީ 28 މާރިޗް 2023 ވާ އަންގާރަ ދުވަހު 23:00 ކަމުގައި ދަންނަވަމެވެ. އަދި، މިވަގުތުގެ ކުރިން، މެންބަރޝިޕް ފައިސާ ދެއްކުމަށް ފަހު، ތިރީގައިވާ އޮންލައިން ފޯރމް ފުރުހަމަކުރެއްވުމަށް ހަނދުމަފުޅުކޮށް އަރުވަމެވެ.

  • އަހަރީ އާންމު ޖަލްސާގެ ރަޖިސްޓްރޭޝަން ލިންކް: ލިންކް
  • ތަން: ހ.ބޯޅަގެ ސެމިނަރ ރޫމް
  • ތާރީޚް: 30 މާރިޗް 2023
  • ރިޕޯރޓްކުރަންޖެހޭ ގަޑި: ރޭގަނޑު 21:00
  • އެޓަޔަރ: ސެމީ ކެޝުއަލް
  • ޕްރޮކްސީ ފޯމު: (ޑައުންލޯޑު ލިންކު)

ޖަލްސާއަށް ވަޑައިގަންނަވާއިރު،ނެޝަނަލް އައިޑެންޓިޓީ ކާޑު ނުވަތަ، ސަރުކާރުގެ ރަސްމީއިދާރާއަކުން ދޫކޮށްފައިވާ ކާކުކަން އަންގައިދޭ ފޮޓޯޖެހި ލިޔުމެއް ގެންނެވުން އެދެމެވެ.

މިއެސޯސިއޭޝަނުގެ ހުރިހާ މެންބަރުންގެ މަޢުލޫމާތައްޓަކައި މިވާހަކަ ދަންނަވެމެވެ.


our sponsors and partners

އަހަރީ އާންމުޖަލްސާ 2023 އޮންނާނެ ތަނާއި ވަގުތު