ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު

ސްވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ކުރިއަށް ގެންދާ ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. މި ޕްރޮގްރާމްގައި ބައިވެރިވާން އެދޭ ފަރާތްތަކުން މިކަމަށް ކަނޑައެޅިފައިވާ އޮންލައިން ފޯރމް ފުރިހަމަކުރުމަށްފަހު، ސަބްމިޓް ކުރެއްވުން އެދެމެވެ. މި ޕްރޮގްރާމްގެ ފަރިތަކުރުންތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އަންނަނިވި ގަޑިތަކުގައެވެ.

  • ގަޑިތައް:
  • ހެނދުނު 06:00 ން 07:00 އަށް
  • މެންދުރު ފަހު 14:00 ން 15:00 ށް
  • ހަވީރު 15:00 ން 16:00 އަށް
  • ފީ: ކޮންމެ މީލާދީ މަހަކު 350.00 (ތިންސަތޭކަ ފަންސާސް)
  • އެޕްލިކޭޝަން ފޯރމް: ލިންކް
  • ޝަރުތު:
  • ދިވެހި ރައްޔިތެއް ކަމުގައިވުން.
  • އުމުރުން 06 އަހަރުފުރި 14 އަހަރުނުފުރޭ ފެތުންތެރިއެއް ކަމުގައިވުން.
  • ރަނގަޅަށް ފްރަންޓް ކްރޯލް (ފްރީ ސްޓީލް) 25 މީޓަރަށް ފަތަން އިނގޭ ފެތުންތެރިއެއް ކަމުގައިވުން.

ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމަށް ފެތުންތެރިން ނެގުމަށް ހަމަޖެހިފައިވަނީ ފެތުންތެރިން ޓެސްޓްކުރުމަށް ފަހުއެވެ. އޮންލައިން ފޯރމް ފުރިހަމަ ކުރުމުން، ޓެސްޓް އޮންނާނެ ދުވަހާއި ގަޑި، ސްވިމިންގ އެސޯސިއޭޝަނުން އެފެތުންތެރިއަކަށް އަންގާނެއެވެ. އަދި ސްވިމިންގ ޓެސްޓުން ފާސްވާކުދިންގެ ތެރެއިން، ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމަށް، އެ ޕްރޮގްރާމްގެ ޖާގަ އޮތްވަރަކުން ފުރުޞަތު ދެވޭނެއެވެ.

Application Form Link

our sponsors and partners

ސްވިމަރސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުޞަތު