ulya
ލޯންގކޯސް 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް ޢާއިޝަތު ޢުލްޔާ ޝާއިޤް އާކޮށްފިއެވެ. ފިލިޕީންސްގެ ނިއު ކްލާރކް ސިޓީގައި މިހާރު ކުރިއަށްދާ 11 ވަނަ އޭޝިއަން އޭޖް ގްރޫޕް އެކުއަޓިކްސް ޗެމްޕިއަންޝިޕްގެ މިއިވެންޓުގެ ފައިނަލުގައި ޢުލްޔާ މި ރެކޯރޑް އާކޮށްފައިވަނީ 00.29.29 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
މި ރެކޯރޑް އެންމެ ފަހުން އާކޮށްފައިވަނީވެސް ޢުލްޔާއެވެ. އެއީ މިމަހުގެ 17 ވަނަ ދުވަހު ޤަޠަރުގެ ދޯހާ ގައި ކުރިއަށްދިޔަ 21 ވަނަ ވޯލްޑް އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގެ އަންހެނުންގެ 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ހީޓްގައި ވާދަކޮށެވެ. އެ މުބާރާތުގައި ޢުލްޔާގެ ޓައިމިންގ އަކީ 00.29.47 އެވެ.
މިއީ މިމުބާރާތުގައި ދިވެހި ފެތުންތެރިން އާކުރި ހަތަރުވަނަ ޤައުމީ ރެކޯރޑެވެ.
our sponsors and partners