rިhan
ފިރިހެނުންގެ ލޯންގްކޯސް 1500 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު ރިޙާން ޝިހާމް އާކޮށްފިއެވެ. މެލޭޝިއާގައި މިހާރު ކުރިއަށްދާ 66 ވަނަ މެލޭޝިއާ އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި ރިހާން މި ޤައުމީ ރެކޯޑު އާކޮށްފައި ވަނީ 18.03.57 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
1500 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީ 2018 ވަނަ އަހަރު ބޭއްވުނު 18 ވަނަ އޭޝިއަން ގޭމްސްގައި 19.26.54 ގެ ވަގުތަކުން އިން ރޭސްނިންމައިގެން، މުބާލް ޢައްޒާމް އިބްރާޙީމެވެ.
މިއީ މި މުބާރާތުގައި ދިވެހި ފެތުންތެރިން އާކުރި 2 ވަނަ ޤައުމީ ރެކޯޑެވެ.
our sponsors and partners