ސަތޭކަ މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް ރިހާން އާކޮށްފި

rihan

ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު ރިހާން ޝިޙާމް އާކޮށްފިއެވެ. މެލޭޝިއާގައި މިހާރު ކުރިއަށްދާ 66 ވަނަ މެލޭޝިއާ އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި ރިހާން މި ޤައުމީ ރެކޯޑު އާކޮށްފައި ވަނީ 01.00.73 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

ރިހާން ވަނީ މިއިވެންޓުން ފައިނަލް ސީ އަށްވެސް ދަތުރު ކޮށްފައެވެ.

100 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީވެސް ރިހާން އެވެ. އެއީ، މިއަހަރު ކުރީކޮޅު ބޭއްވި 11 ވަނަ އޭޝިއަން އޭޖްގްރޫޕް ޗެމްޕިއަންޝިޕްސްގައެވެ. ރިހާން އެފަހަރު ޤައުމީ ރެކޯޑު އާކޮށްފައިވަނީ 01.01.60 އިންނެވެ.


our sponsors and partners

ސަތޭކަ މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް ރިހާން އާކޮށްފި