ސަތޭކަ މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް ރިހާން އަނެއްކާވެސް އާކޮށްފި

rihan

ފިރިހެނުންގެ ލޯންގްކޯސް 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު ރިހާން ޝިޙާމް އަނެއްކާވެސް އާކޮށްފިއެވެ. މެލޭޝިއާގައި މިހާރު ކުރިއަށްދާ 66 ވަނަ މެލޭޝިއާ އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި ރިހާން މި ޤައުމީ ރެކޯޑު އާކޮށްފައި ވަނީ މިއިވެންޓުގެ ފައިނަލް ސީ ގައި ވާދަކޮށް، 01.00.14 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

100 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީވެސް ރިހާންއެވެ. އެއީ މިއަދު ހެނދުނު ހަމަ މިމުބާރާތުގެ ހީޓްގައި 01.00.73 އިން ރޭސް ނިންމައިގެންނެވެ.


our sponsors and partners

ސަތޭކަ މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް ރިހާން އަނެއްކާވެސް އާކޮށްފި