ފަންސާސް މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އާން އާކޮށްފި

aan

ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް މުޙައްމަދު އާން ޙުސައިން އާކޮށްފިއެވެ. މެލޭޝިއާގައި މިހާރު ކުރިއަށްދާ 66 ވަނަ މެލޭޝިއާ އޯޕަން ސްވިމިންގ ޗެމްޕިއަންޝިޕްސް 2024 ގައި އާން މި ޤައުމީ ރެކޯޑު އާކޮށްފައި ވަނީ 00:24.28 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

އާން ވަނީ މިއިވެންޓުން ފައިނަލް ބީ އަށްވެސް ދަތުރު ކޮށްފައެވެ.

50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީވެސް އާން އެވެ. އެއީ، 2022 ވަނަ އަހަރު ބޭއްވުނު ކޮމަންވެލްތު ގޭމްސް ގައެވެ. އާން އެފަހަރު ޤައުމީ ރެކޯޑު އާކޮށްފައިވަނީ 00:24.82 އިންނެވެ.


our sponsors and partners

ފަންސާސް މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އާން އާކޮށްފި