ސަތޭކަ މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑު މިރާލް އާކޮށްފި

meral

އަންހެނުންގެ ލޯންގްކޯސް 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯރޑް މިރާލް ޢައިން ލަތީފް އާކޮށްފިއެވެ. ސިންގަޕޫރުގައި މިހާރު ކުރިއަށްދާ އެޤައުމުގެ 19 ވަނަ ޤައުމީ ފެތުމުގެ މުބާރާތުގައި މިރާލް މި ޤައުމީ ރެކޯޑު އާކޮށްފައި ވަނީ 01:13.96 އިން ރޭސް ފުރިހަމަކޮށްގެންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީވެސް މިރާލް އެވެ. އެއީ، 2023 ވަނަ އަހަރު ބޭއްވުނު 19 ވަނަ އޭޝިއަން ގޭމްސްގައި 01:13.99 އިން ރޭސް ފުރިހަމަކޮށްގެންނެވެ. މިއީ މި މުބާރާތުގައި ދިވެހި ފެތުންތެރިން އާކުރި ފުރަތަމަ ޤައުމީ ރެކޯޑެވެ.


our sponsors and partners

ސަތޭކަ މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑު މިރާލް އާކޮށްފި