meral
އަންހެނުންގެ ޝޯރޓްކޯސް 100 މީޓަރ ބަޓަރފްލައި އަދި 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް މިރާލް ޢައިން ލަތީފް އާކޮށްފިއެވެ. ޔޫކޭ ގައި ކުރިއަށްދިޔަ ރަޝްމޫރ ރޯޔަލްސް ސަމަރ (އެލް2) ޝޯރޓްކޯސް އޯޕަން މީޓް 2024 ގައި މިރާލް 100 މީޓަރ ބަޓަރފްލައި އިވެންޓުގެ ޤައުމީ ރެކޯޑް އާކޮށްފައިވަނީ 01:13.94 އިންނެވެ. އަދި، 200 މީޓަރ އިންޑިވިޖުއަލް މެޑްލޭ އިވެންޓުގެ ޤައުމީ ރެކޯރޑް އާކޮށްފައިވަނީ 02:45.14 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
މި2 އިވެންޓުގެ ޤައުމީ ރެކޯޑު އެންމެފަހުން އާކޮށްފައިވަނީވެސް މިރާލް އެވެ. އެއީ 2023 ވަނަ އަހަރު ބޭއްވުނު ޓައުޓަން ޑީން، މިލްފީލްޑް އެންޑް ސްޓްރީޓް ކައުންޓީ ކޮލިފަޔަރގައި 01:14.76 އިން 100 މީޓަރ ބަޓަރފްލައި އިވެންޓު އަދި،، 02:48.74 އިން 200 މީޓަރ އިންޑިވިޑުއަލް މެޑްލޭ އިވެންޓު ފުރިހަމަކޮށްގެންނެވެ.
our sponsors and partners