ފަންސާސް މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު ޢުލްޔާ އާކޮށްފި

ulya (📷 ismail thoriq)

އަންހެނުންގެ ޝޯރޓްކޯސް 50 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް ޢާއިޝަަތު ޢުލްޔާ ޝާއިޤް އާކޮށްފިއެވެ. އޮސްޓްރޭލިއާ ގައި ކުރިއަށް ދިޔަ ދި ޔުނިވަރސިޓީ އޮފް ވެސްޓަރން އޮސްޓްރޭލިއާ (ޔޫ.ޑަބްލިއު.އޭ) ވެސްޓް ކޯސްޓް ކްލަބް ނައިޓް ނަންބަރ 7 މީޓްގައި ޢުލްޔާ 50 މީޓަރ ފްރީސްޓައިލް އިވެންޓު ނިންމާފައިވަނީ 00:28.75 އިންނެވެ.

މިއިވެންޓުގެ ޤައުމީ ރެކޯރޑް އެންމެ ފަހުންވެސް އާކޮށްފައިވަނީވެސް ޢުލްޔާ އެވެ. އެއީ މިދިޔަ މަހު އޮސްޓްރޭލިއާގައި ކުރިއަށްދިޔަ ބްރޭކަރސް ބިގް ސްޕްލޭޝް ޖޫން 2024 މީޓްގައި 50 މީޓަރ ފްރީސްޓައިލް އިވެންޓު 00:28.81 އިން ފުރިހަމަކޮށްގެންނެވެ.


our sponsors and partners

ފަންސާސް މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯޑު ޢުލްޔާ އާކޮށްފި