thazkiyah (📷 niya)
އަންހެނުންގެ ލޯންގކޯސް 100 މީޓަރ ފްރީސްޓައިލް އިވެންޓުގެ ޤައުމީ ރެކޯރޑް އަމްނާ ތަޒްކިޔާ މިރުޞާދު އަނެއްކާވެސް އާކޮށްފިއެވެ. ސްރީލަންކާގައި ކުރިއަށްދާ، އެޤައުމުގެ ނެޝަނަލް އެންޑް ޖޫނިއަރ ނެޝަނަލް ލޯންގކޯސް ސްވިމިންގ ޗެމްޕިއަންޝިޕްސް ގައި ތަޒްކިޔާ 100 މީޓަރ ފްރީސްޓައިލް އިވެންޓު ނިންމާފައިވަނީ އެއިވެންޓުގެ ފައިނަލްގައި ވާދަކޮށް 01:05.03 އިންނެވެ.
މި އިވެންޓުގެ ޤައުމީ ރެކޯރޑް އެންމެފަހުން އާކޮށްފައިވަނީވެސް ތަޒްކިޔާއެވެ. އެއީ ހަމަ މި މުބާރާތުގެ ޕްރިމިލިނަރީ ހީޓްގައި 01:05.53 އިން ރޭސް ފުރިހަމަކޮށްގެންނެވެ.
our sponsors and partners